ކުޅީގައި މަރުވެފައި އޮއްވާ ފެނުނު މީހާ

މަރު

އައްޑޫ ކުޅިއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މަރުވެފައި އޮތީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުނޭ. އެ މަރުގެ މައްސަލަ އަންނަނީ ބަލަމުން

އައްޑޫ ހިތަދޫގެ ކުޅިއެއް ކަމަށްވާ އާރިކިޅީގައި މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު މިއަދު ފެނިއްޖެ އެވެ.

ވީ ކިހިނެއް؟- ފުލުުހުން ބުނިގޮތުގައި އެ މީހާ ކުޅީގައި އޮތް ހަބަރު ލިބުނީ މިއަދު ހެނދުނު 9:30 ހާއިރެވެ. 

ތަފުސީލު - ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައި އޮތް ކަމަށެވެ.

އާއްމުވެފައިވާ ފޮޓޯތަކަށް ބަލާއިރު އެ މީހާ އޮތީ ކުޅީގެ ފެންގަނޑުގެ އަޑީގައި ބަންޑުންނެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަމާއި އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ އެ މަރުގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް