ރ. މަޑުއްވަރި

މާރާމާރީ

މަޑުއްވަރީގައި މާރާމާރީ ހިންގީ ދެބެއިންގެ ދެމެދު؛ ހައްޔަރުކުރީ ވަޅި ޖެހިކަން ސާބިތުވި އާސިފް

ހަމަލާ ދިން މީހާ އަކީ މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި

ރ. މަޑުއްވަރީގައި ރޭ މާރާމާރީ ހިންގީ ދެބެއިންގެ ދެމެދުކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މާރާމާރި ހިނގީ އެއް ގެޔެއްގައި ދިރިއުޅޭ އެއްބަނޑު އެއްބަފާ ދެ މީހުންގެ ދެމެދު ކަމަށެވެ. 

ތަފްސީލް - ހަމަލާ ދިން މީހާ އަކީ މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެއް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އޭނާގެ ނަފްސާނީ މައްސަލަތަކެއް ވެސް ހުންނަ ކަމަށް ވަނީ،" އެ މީހާ ބުންޏެވެ.

އެ ހާދިސާގައި ހަމަލާ އަމާޒުވި މީހާގެ ހާލު ސްޓޭބަލް ކަމަށް ވެސް މަޑުއްވަރީން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ހައްޔަރު ކުރި މީހާ އަކީ މީގެ ކުރިން، 2019 ވަނަ އަހަރު ލަނޑާ ނަގާ ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާ ދިން މައްސަލާގައި ޖަލަށްލީ އިސްމާއިލް އާސިފް އެވެ. ދިހަ އަހަރުގެ ޖަލު ހުކުމެއްގައި ހުރި އާސިފް ވަނީ ފަހުން ދޫކޮށްލާފަ އެވެ.

އެ މާރާމާރީއާ ގުޅޭ ގޮތުން ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ 11:28 ހާއިރު ކަމަށެވެ.

އެ މައްސަލާގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް