ރ. މަޑުއްވަރި. (ފޮޓޯ/އެމްޓީސީސީ

މާރާމާރީ

މަޑުއްވަރީގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި

ފުލުހުން ބުނީ އެ މައްސަލާގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް

ރ. މަޑުއްވަރީގައި ރޭ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ އެ ރަށުގައި މާރާމާރީ ހިންގި ކަމުގެ ރިޕޯޓު ރޭ 11:28 ހާއިރު ލިބިފައިވާ ކަމަށެވެ.

ތަފްސީލް - މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް