ފިތުރު އީދުގެ މުނާސަބަތުގައި ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުޑަ އީދު 2025

މިއަދާއި މާދަމާ ހަވީރު ވެސް އީދު ހަރަކާތްތައް އޮންނާނެ

އީދުގެ މުނާސަބަތުގައި އެމްއެންޑީއެފް އާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބައިވެރިވެގެން އިއްޔެ ކުރިއަށްގެންދިޔަ 'އީދު ހަވީރު 1446' ބޮޑު ތަރުހީބެއް ލިބުނު
31 މާރިޗު 2025

ފިތުރު އީދާ ގުޅިގެން ބާއްވާ ހަރަކާތްތައް މިއަދާއި މާދަމާ ވެސް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އީދުގެ މުނާސަބަތުގައި އެމްއެންޑީއެފް އާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބައިވެރިވެގެން އިއްޔެ ކުރިއަށްގެންދިޔަ 'އީދު ހަވީރު 1446' ބޮޑު ތަރުހީބެއް ލިބުނެވެ.

ތަފްސީލް - އެމްއެންޑީއެފުން ރޭ ބުނީ އެ ހަރަކާތްތައް މިއަދާއި މާދަމާ ހަވީރު 4 އިން 6އަށް ޖުމުހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު މާބުލް ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

ސަލްޓަން ޕާކާއި ޖޫމްހޫރީ މައިދާން ސަރަހައްދުގައި އިއްޔެ ކުރިއަށްގެންދިޔަ މި ހަރަކާތަށް ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް ޒިޔާރަތް ކުރައްވައި ހަވީރުގައި ބައިވެރިވި ކުޑަކުދިންނާ ސަލާމްކުރައްވައި ފޮޓޯ ނަންގަވާފައިވެ އެވެ.

ކުޑަކުދިންގެ ހަވީރުގެ ތެރެއިން އެމްއެންޑީއެފްގެ ހަތިޔާރުތައް ދައްކާލައި ފުލުހުންގެ ވެހިކަލްތައް ދައްކާލައި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

މީގެ އިތުރުން:

  • ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދިޔަ؛ އޭގެ ތެރޭގައި ތިންހަމަ، އަންބަލަން، އޮށްވަޅުގޮނޑި އަދި ފަސްއޮށް ފަދަ ކުޅިވަރުތައް ހިމެނޭ

  • ކުޑަކުދިން ގަޔާވާނެ ފަދަ ޒަމާނީ ކުޅިވަރުތަކާއި ގޭމުތައް ވެސް ކުރިއަށް ގެންދިޔަ

އީދާ ގުޅުވައިގެން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ސްޓޯލުތަކުގައި ކުޑަކުދިން ގަޔާވާނެ ކާޓޫނު ކެރެކްޓާތައް ވެސް ވަނީ ހިމަނައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް