އީދު ފާހަގަކުރުމަށް މާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރު.

ކުޑަ އީދު 2025

އީދު ފާހަގަކުރަން ބޭއްވި ހަވީރަށް ހޫނު ތަރުހީބެއް

ސަލްޓަން ޕާކާއި ޖޫމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތަށް ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް ޒިޔާރަތް ކުރައްވައި ހަވީރުގައި ބައިވެރިވި ކުޑަކުދިންނާ ސަލާމްކުރައްވައި ފޮޓޯ ނަންގަވާފައިވޭ

ފިތުރު އީދުގެ މުނާސަބަތުގައި އެމްއެންޑީއެފް އާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބައިވެރިވެގެން ކުރިއަށް ގެންދިޔަ 'އީދު ހަވީރަށް' ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ސަލްޓަން ޕާކާއި ޖޫމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތަށް ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް ޒިޔާރަތް ކުރައްވައި ހަވީރުގައި ބައިވެރިވި ކުޑަކުދިންނާ ސަލާމްކުރައްވައި ފޮޓޯ ނަންގަވާފައިވެ އެވެ.

އީދު ފާހަގަކުރުމަށް މާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރު.

ތަފްސީލް - ކުޑަކުދިންގެ ހަވީރުގެ ތެރެއިން އެމްއެންޑީއެފްގެ ހަތިޔާރުތައް ދައްކާލައި ފުލުހުންގެ ވެހިކަލްތައް ދައްކާލައި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

މީގެ އިތުރުން:

  • ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދިޔަ؛ އޭގެ ތެރޭގައި ތިންހަމަ، އަންބަލަން، އޮށްވަޅުގޮނޑި އަދި ފަސްއޮށް ފަދަ ކުޅިވަރުތައް ހިމެނޭ

  • ކުޑަކުދިން ގަޔާވާނެ ފަދަ ޒަމާނީ ކުޅިވަރުތަކާއި ގޭމުތައް ވެސް ކުރިއަށް ގެންދިޔަ

އީދު ފާހަގަ ކުރުމަށް މާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރު.

އީދާ ގުޅުވައިގެން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ސްޓޯލުތަކުގައި ކުޑަކުދިން ގަޔާވާނެ ކާޓޫނު ކެރެކްޓާތައް ވެސް ވަނީ ހިމަނައިފަ އެވެ.

ފާހަގަ ކުރެވޭ - އީދު ފާހަގަކުރަން މާލޭގައި މިއަދު ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިޔައިރު، ހުޅުމާލޭގައި މިރޭ ޑްރޯން ޝޯއަކާ އެކު ހަވާއެރުވުން އޮންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް