ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ އެކު އިހުސާންގެ އާއިލާ މިއަދުގެ ރަސްމިއްޔާތުގައި

މަރު

އިހުސާންގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

އެ ދަފްތަރުގައި ކުޅިވަރުގެ ގިނަ ހިދުމަތްތެރިންނާއި ފުޓުބޯޅަ ކުޅުންތެރިން އަންނަނީ ސޮއިކުރަމުން

ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ، އިހުސާން އަބްދުލްގަނީ (ސާންތީ)ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟- މި މަހުގެ 23ގައި ނިޔާވި އިހުސާން މަޝްހޫރުވެފައި އޮންނަނީ، ކުޅަދާނަ ފުޓްބޯޅަ ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ނިޔާވީ ކެންސަރު ބަލީގައި ދޮޅު އަހަރެއްހާ ދުވަހު އުޅުމަށް ފަހު އެވެ.

އިހުސާންގެ ތައުޒިޔާގެ ދަފްތަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާގެ އާއިލާ އާއި ކުޅިވަރުގެ މީހުން ބައިވެރިވަނީ
އިހުސާންގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅިވަރުގެ އިސް އެތައް ބަޔަކު ރަސްމިއްޔާތަށް ހާޒިރުވި

ތަފްސީލު- ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ތައުޒިޔާގެ ދަފުތަރު ހުޅުވައިދިނީ، އިހުސާންގެ އާއިލާގެ ހާޒިރުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި މިނިސްޓްރީގެ އިސް ވެރިންގެ އިތުރުން ފުޓްބޯޅަ އާއި ކުޅިވަރުގެ އިސް ބައެއް ބޭފުޅުންނެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އީދު ދުވަހާ ހަމައަށް، 28 އިން 30 މާޗުއަށް، ދަފުތަރު އޮންނާނީ ހެންވޭރު ދަނޑުގައި، ހަވީރު 4:00 އިން 5:45 އަށް ކަމަށެވެ. އޭގެ ފަހުން 6-10 އެޕްރީލްއާ ހަމައަށް ކުޅިވަރާ ބެހޭ މިނިސްޓްރީއަށް ދަފުތަރު ބަދަލުކުރާނެ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ. މިނިސްޓްރީގައި ދަފުތަރު ހުޅުވާފައި އޮންނާނީ ހެނދުނު 10:00އިން މެންދުރު ފަހު 2:00އަށެވެ.

އިހުސާންއަކީ ފުރަތަމަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް 2008ގައި ކާމިޔާބުކުރި އިރު އެސިސްޓެންޓް ކޯޗެކެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދުގެ ރަސްމިއްޔާތުގައި އިހުސާންއާ ބެހޭ ގޮތުން ލިއުއްވަނީ

ކޯޗިންގެ ދާއިރާއިން އޭއެފްސީ އޭ ލައިސަންސް އޮންނަ އިހުސާންގެ ކޯޗިންގެ ހިދުމަތުގައި ރާއްޖޭގެ ވަރަށް ގިނަ ކުޅުުންތެރިންނަށް ތަމްރީން ދީފައިވެ އެވެ. އޭގެ ތެރޭގައި ފަހުން ގައުމީ ފެންވަރުގައި ފާހަގަކުރެވުނު އެތައް ކުޅުންތެރިންނެއް ވެސް ހިމެނެ އެވެ.

އިހުސާންގެ ހަނދާނީ ދަފުތަރުގައި ގައުމީ ކޯޗު އަލީ ސުޒޭން ލިއަނީ
އިހުސާންގެ ހަނދާނީ ދަފުތަރުގައި ފުޓްބޯޅަ ކޯޗު މައުރޫފް އަހުމަދު، އޭނާގެ ޝުއޫރު ފާޅުކުރަނީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް