ކޯޓު އިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

މިއީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް މިވަގުތަށް ހައްލުހޯދައިދިނުމަށް ތައްޔާރުކުރަމުން އަންނަ އިމާރާތެއް

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ތައްޔާރު ކުރަމުން އަންނަ އިމާރާތުގެ މަސައްކަތްތައް ރައީސް މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - މިއީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް މިވަގުތަށް ހައްލުހޯދައިދިނުމަށް ތައްޔާރުކުރަމުން އަންނަ އިމާރާތެކެވެ. މި އިމާރާތް ވެސް ތައްޔާރު ކުރަނީ ހުޅުމާލޭގަ އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނީ، ރައީސްގެ  ޒިޔާރަތުގައި ކޯޓު އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވާ އެ މަސައްކަތުގެ ކުރިއެރުންތައް އެޗްޑީސީ އަދި ހައުސިން މިނިސްޓްރީގެ ވެރިންގެ އަރިހުން އޮޅުންފިލުއްވި ކަމަށެވެ.

މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފާހަގަ ކުރެވޭ - ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ނުދެވި ދިގުލައިގެން ދިއުންކަމުގައި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކު ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދައިދިނުމަށް ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް (1)

އާޅަމް

26 މާރިޗު 2025
މައްސަލަތަށް ނުނިމެނީ ޖާޣައިގެ މައްސަލައިގައެއްނޫން! ބްރޯކަރު ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެހޭ މައްސަލައެއްްވިއްޔާ ވ އަވަހަށް ތާވަލްކޮށް ނިއްމާ ބްރޯކާ އޯކޭ ނުވާނަމަ ތާވަލްވެސް ނުކުރޭ ވ ސާފް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް