އަހާ ފޯރަމްގައި މިނިސްޓަރު ސައީދު. (ފޮޓޯ/ރައީސް އޮފީސް)
ރައީސް ގެންދަވަނީ މައްސަލަތައް ހައްލުކޮށްދެއްވައި ވަސީލަތްތައް ގާއިމްކޮށްދެއްވަމުން: ސައީދު
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގެންދަވަނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވައި ވަސީލަތްތައް ގާއިމްކޮށްދެއްވަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހއ. އުތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
ތަފްސީލް - މި ވެރިކަން ފެށުނު އިރު ގިނަ ކަންތައްތަކެއް އޮތީ އޮޅުން ބޮޅުން ވެފައި ކަމަށާއި ނަމަވެސް ރައީސްގެ މަސައްކަތްޕުޅުން ހުރިހާ ކަމެއް ހަމައަކަށް އެޅެމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
"ވަރަށް ގިނަ މަސައްކަތްތަކެއް [ކުރައްވާ]. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މުޅިން އޮޅުން ބޮޅުން އަރާފައި ހުރީ. މުޅި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ވަރަށް ބޮޑަށް ގޯސްވެ، ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް، މާތްﷲގެ ތަނަވަސް ވާގިފުޅާ އެކު ރައީސް މުއިއްޒުގެ ލީޑާޝިޕްގައި މި ރާއްޖެ މި ކުރި ދަތުރުގައި، ކުރަމުން މި އަންނަ ދަތުރުގައި، އެ މައްސަލަތައް ހައްލު ކުރައްވަމުން، މިހާރު އެ މަނިކުފާނު އެ ގެންދަވަނީ ރައްޔިތުންނަށް ބޭނުންވާ މުހިއްމު ވަސީލަތްތައް ވަރަށް ބާރު ސްޕީޑުގައި ގެނެސްދެއްވަމުން."
ފާހަގަ ކުރެވޭ - މިއަދު ވަނީ ހއ. އަތޮޅުގެ އުތީމުގެ އިތުރުން މާރަންދޫ، މުރައިދޫ އަދި ތަކަންދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި މުޅި ހއ. އަތޮޅަށް ބީއެމްއެލްގެ އޭޓީއެމް ވިއުގަ ފުޅާކޮށްފަ އެވެ.
ކޮމެންޓް (2)
ސިކުނޑި
ތެފައާސާ.