3 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫއު ނިންމުމަށް ފެނަކައާ ހަވާލު ކުރުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

3 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން 121 މިލިއަނަށް ފެނަކައަށް

ފެނަކައާ ހަވާލުކޮށްފައިވަނީ ށ. މާއުނގޫދޫ، ށ. ނަރުދޫ އަދި ނ. ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށް

ތިން ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން ފެނަކައާ އެކު ޖުމްލަ 121.3 މިލިއަން ރުފިޔާގެ އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ފެނަކައާ ހަވާލުކޮށްފައިވަނީ ށ. މާއުނގޫދޫ، ށ. ނަރުދޫ އަދި ނ. ޅޮހީގެ ފެނާއި ނަރުދަމާ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށެވެ.

ތަފްސީލު - މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ފެނަކައިގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު

  • ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސްޓޭޓު މިނިސްޓަރު ހަސަން ރަޝީދު

މި އެއްބަސްވުންތަކުގެ ދަށުން ކޮންމެ ރަށެއްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 540 ދުވަހެވެ. އެގޮތުން:

  • ށ. މާއުނގޫދޫގެ ފެނާއި ނަރުދަމާ މަޝްރޫއު ނިންމަން ހަވާލުކުރީ 46.7 މިލިއަން ރުފިޔާއަށް

  • ށ. ނަރުދޫގެ ފެނާއި ނަރުދަމާ މަޝްރޫއު ނިންމަން ހަވާލު ކުރީ 36.8 މިލިއަން ރުފިޔާއަށް

  • ނ. ޅޮހީގެ ފެނާއި ނަރުދަމާ މަޝްރޫއު ނިންމަން ހަވާލުކުރީ 37.8 މިލިއަން ރުފިޔާއަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް