ބްރޯޑްކޮމްގެ ނައިބަކަށް އިންތިހާބު ކުރެއްވި ފަޒީން

ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ފަޒީން ބްރޯޑްކޮމުން އިސްތިއުފާ ދެއްވައިފި

ބްރޯޑްކޮމްގެ ނައިބު ރައީސް ކަމުގައި ހުންނެވި ފަޒީން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށީ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ މަޖިލީހުގެ ކޮމިޓީން ބެލުމަށް ފަހު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުހައްމަދު ފަޒީން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ވަކިކުރުމުގެ މަރުހަލާ މަޖިލީހުން ފަށާފައިވަނިކޮށް އޭނާ އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ފަޒީންއަށް ތުހުމަތުކުރެވޭ މި މައްސަލަ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކޮމިޓީން ދިޔައީ ބަލަމުންނެވެ. ވަކިކުރުމުގެ މަރުހަލާ ފެށުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.

ތަފްސީލް - ރައީސް މުހައްމަދު މުއިއްޒަށް އެޑްރެސްކުރައްވައި ފަޒީން ފޮނުއްވި ސިޓީގައި ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ކޮމިޝަނުގެ މެންބަރު ކަމުގެ ޒިންމާ އުފުލުމަކީ މި ހިނދަށް ވެވެން ނެތް ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

އިސްތިއުފާގެ ސިޓީއާ އެކީ ފަޒީންގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި އޭނާގެ ވަކީލު ސޮއިކުރައްވާފައިވާ ބަޔާނެއް ވެސް ފަޒީން ވަނީ 'އެކްސް'ގައި ޕޯސްޓްކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - "މި މައްސަލަ ކޮމިޝަނުގެ ކޮމިޓީއަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ފުލުހުން ތަހުގީގު ކުރުމުން ވެސް ބުނި ބުނުން ފިޔަވައި ގުޅުވައިލެވޭނެ އިތުރު އެއްވެސް ހެއްކަކާއި ގަރީނާއެއް ވެސް ދެއްކިފައި ނުވުމަކީ މިއީ ބުހުތާނު ދޮގެކޭ ދަންނަވަން ޖެހޭ އެއް ސަބަބު،" ފަޒީންގެ ވަކީލުގެ ބަޔާނުގައިވެ އެވެ.

ފާހަގަކޮށްލެވޭ - ބްރޯޑްކޮމްގެ މެންބަރަކަށް ފަޒީން އައްޔަންކޮށްފައިވަނީ 7 މާޗު 2021ގަ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 19 ޖެނުއަރީ 2023ގަ އެވެ.

ކޮމެންޓް (2)

މަލްޝާ

17 މާރިޗު 2025
ފަޒީން އަކީ ވަރަށް ހިތްހެޔޮ އަޚްލާޤް ރަގަޅު މީހެއް. ބަޔަކު އަޑީގައި ތިބެގެން އެ އަންހެން ކުއްޖާ ލައްވާ ކުރި ކަމެއްމަކަށް އަޅުގަނޑަށް ބުރަ ވެވެނީ.
0 0

އިސްތިއުފާ

17 މާރިޗު 2025
އިސްތިއުފާ ދިނީ ވަކިކުރުމުގެ މަސައްކަތް ފައްޓާފައި އޮއްވާ! އެކަމަކު ސުރުޚީގައި ވަކިކުރުމުގެ މަސައްކަތް ފައްޓާފައި އޮއްވާ އިސްތިއުފާ ދިނީއޭ ނުޖަހާ! ދައުރު ވަކި އަތަކަށް ބުރަވެ ހަބަރު ލިޔާކަން ފާހަގަވޭ! ނުއަތު ބުރެއް ޖެހި ހިސާބަކީ ޑޮލަރު މާރުކުރަން މަޖުބޫރުކުރި ހިސާބު! އެހިސާބުން މުޅި ލިޔުންތައް އަސްލު އިދިކޮޅުގެ ރޫހުގައި ހުރީ! ފަޒީން ވީމަ ވަކިގޮތަކަށް ޚަބަރު ނުޖެހުން ރަނގަޅުގޮތެއް ނޫން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް