9 ރަށެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަން އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު (ފޮޓޯ/ހެލްތު މިނިސްޓްރީ)

9 ރަށެއްގައި ސިއްހީ ހިދުމަތް ދޭ އިމާރާތްތައް އަޅަން 625 މިލިއަނަށް ހަވާލުކޮށްފި

މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީ، އާރުޑީސީ އަދި ފެނަކައާ

ސިއްހީ ހިދުމަތް ދޭ ނުވަ ތަނެއްގެ އާ އިމާރާތް އެޅުމަށް، ޖުމްލަ 625.6 މިލިއަން ރުފިޔާގެ އެއްބަސްވުންތަކުގައި ސަރުކާރު ކުންފުނިތަކާ އެކު ރޭ ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކުރި ސަރުކާރުގެ ކުންފުނިތަކަކީ:

  • އެމްޓީސީސީ

  • އާރުޑީސީ 

  • ފެނަކަ 

ތަފްސީލް - މީގެ ތެރެއިން އާރުޑީސީއާ ހަވާލުކޮށްފައިވަނީ:

  • ހދ. ކުޅުދުއްފުށީގައި ދަމަނަވެށި އިމާރާތް: 23 މިލިއަން ރުފިޔާ

  • ކ. ގާފަރު ސިއްހީ މަރުކަޒު: 26.8 މިލިއަން ރުފިޔާ

  • ހދ. ހަނިމާދޫ ހޮސްޕިޓަލް: 104 މިލިއަން ރުފިޔާ

  • އދ. މާމިނގިލި ހޮސްޕިޓަލް: 105 މިލިއަން ރުފިޔާ

މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އާރުޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ:

  • ތ. ވިލުފުށި ހޮސްޕިޓަލް: 105 މިލިއަން ރުފިޔާ

  • ވ. ފެލިދޫ ހޮސްޕިޓަލް: 105 މިލިއަން ރުފިޔާ

  • ށ. މާއުނގޫދޫ ސިއްހީ މަރުކަޒު: 27 މިލިއަން ރުފިޔާ

  • ނ. ފޮއްދޫ ސިއްހީ މަރުކަޒު: 26.8 މިލިއަން ރުފިޔާ

މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ.

މީގެ އިތުރުން، ހދ. މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށް ރޭ ވަނީ ފެނަކައާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތުގެ އަގަކީ 103 މިލިއަން ރުފިޔާ އެވެ.

އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް