އިސްލާމީ މަރުކަޒުގެ އިމާމު ސަލްމާން މުހައްމަދު ލަތީފް: އޭނާގެ ކިޔެވުން ގިނަ ބަޔަކަށް ކަމުދޭ.
ތަރާވީހުގައި ސަލްމާންގެ ކިޔެވުމަށް ގިނަ ބައެއްގެ ސަމާލުކަން
މި އަހަރުގެ ރޯދަ މަހު ރާއްޖޭގައި ތަރާވީސް ކުރައްވާ އިމާމުންގެ ތެރެއިން، ޝައިހް ސަލްމާން މުހައްމަދު ލަތީފްގެ ކިޔެވުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ވީ ކިހިނެއް؟- ސަލްމާންއަކީ މި އަހަރު އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީސް ކުރައްވާ ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ތަރާވީސް ކުރައްވާފަ އެވެ.
ސަލްމާންގެ ކިޔެވުމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، ހަރަމްފުޅުގެ އިމާމު، ޝައިހް ޑރ. ޔާސިރު ބިން ރާޝިދު އައްދައުސަރީގެ ކިޔެވުމާ ވައްތަރުކަމުންނެވެ.
ސަލްމާންގެ ކިޔެވުން ސޯޝަލް މީޑިއާގައި ޝެއާކޮށް، ކޮމެންޓް ކުރާ މީހުން ބުނާގޮތުގައި އޭނާގެ ކިޔެވުމުގެ ރާގާއި ވައްޓަފާޅި އާއި އަޑު ދައުސަރީއަކާ ތަފާތެއް ނެތެވެ.
"މި ވީޑިއޯ ނުފެނުނު ނަމަ، އަޅުގަނޑު ނިންމާނީ މިއީ ހަރަމްފުޅުގެ ޒުވާން އިމާމް ޝައިހް އައްދައުސަރީގެ ކިޔެވުންކަމުގައި،" އިސްލާމީ މަރުކަޒުގައި ކުރި ތަރާވީސް ނަމާދުގެ ވީޑިއޯ ޝެއާކުރަމުން، އަހްސަން އަބްދުލްއަލީމް ކިޔާ މީހަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ރާއްޖޭގައި މީހަކު މީގެ ކުރިން މި ރާގަށް ކިޔަވަނިކޮށް އޭނާއަށް އަޑުއިވިފައެއް ނެތެވެ. އަދި ދުނިޔެއިން ވެސް، ދައުސަރީގެ ކިޔެވުމާ އެންމެ ވައްތަރުކޮށް ދެވަނައަށް ކިޔަވަނީ، އޭނާގެ ނަޒަރުގައި ސަލްމާނެވެ.
"ވަރަށް ވަރަށް އުފާވެއްޖެ،" އޭނާ ލިޔެފައި ވެ އެވެ.
"މާތްﷲ ސަލްމާނަށް ބަރަކާތް ލައްވައި، މީސްތަކުންގެ ލޯތްބާއި އިހްތިރާމް ލިބިގެންވާ މަގުބޫލު އިމާމެއް ކަމުގައި ލައްވާށި."
ކޮމެންޓު ކުރި މީހުން ބުނާގޮތުގައި ސަލްމާންގެ ކިޔެވުން، އާއްމު ރާގުތަކާ ވަރަށް ތަފާތެވެ. ވަރުބަލިކަމެއް ނެތި، ކިތަންމެ އިރަކު ވެސް އަޑުއަހާލަން ހުރެވިދާނެ އެވެ.
ސަލްމާންގެ ކިޔެވުން، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝެއާކޮށް އޭނާގެ ކިޔެވުމަށް ތައުރީފް ކުރަމުންނެވެ.
މި ރޯދަ މަހު އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރައްވާ އިމާމު ސުލްތާން މުހައްމަދު ލަތީފާއި ސަލްމާންއަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. އެ އާއިލާގެ ހުރިހާ ކުދިންނަކީ ވެސް ހާފިޒުންނެވެ. ބައްޕައަކީ އިސްލާމީ މަރުކަޒުގެ އިސް އިމާމް މުހައްމަދު ލަތީފެވެ.
ކޮމެންޓް (6)
ވާށި
މަރުކަޒަށް އާންމުކޮށްދާ މީހެއް
ހައްޕު
މީނާ
މަރުކަޒަށް އާންމުކޮށްދާ މީހެއް
ވަނޫދު