ޖޭޕީގެ ގައުމީ ކޮންފަރެންސެއްގައި ކުރީގެ މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)
ނަހުލާގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދެފި
ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އައިޝަތު ނަހުލާގެ ނަމުގައި ސޯޝަލް މީޑިއާގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީން އެދެފި އެވެ.
ތަފްސީލް - ޖުމްހޫރީ ޕާޓީއިން ބުނިގޮތުގައި ސްކޭމެއްގެ ގޮތުގައި ފައިސާ ފޭރެމުންދަނީ، އައިޝާގެ ނަމުގައި ހަދާފައިވާ ފޭކު ސޯޝަލް މީޑިއާ އެކައުންޓުތަކުންނެވެ.
އެގޮތުން:
-
އެކައުންޓުތައް ހަދާފައި ހުންނަނީ އަސްލު އެކައުންޓުގައި ހުންނަ ޒާތީ މައުލޫމާތާއި ފޮޓޯތަކާ އެއްގޮތަށް
-
މި އެކައުންޓުތައް މެދުވެރިކޮށް، މަކަރާއި ހީލަތުން މީހުންގެ އަތުން ދަނީ ފައިސާ ފޭރެމުން
ޖުމްހޫރީ ޕާޓީން ބުނިގޮތުގައި ނަހުލާގެ އެކައުންޓުތައް ހުންނަނީ ވެރިފައި ކޮށްފަ އެވެ. އަދި އޮޅުވާލައިގެން ފޭރެމުންދާ މީހުން ހޯދުމަށް، ފުލުހުންގެ އިދާރާގައި މިހާރު އެދިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެނގުން މުހިއްމު- މީގެ ކުރިން ވެސް ވަނީ، ނަހުލާ އާއި އޭނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި މިގޮތަށް ފޭކް އެކައުންޓުތައް ބޭނުންކޮށްގެން، ފޭރެން މަސައްކަތްކޮށްފަ އެވެ. އެހެންވެ، މިގޮތަށް އެ ބޭފުޅުންގެ ނަމުގައި ފޮނުވާ ލިންކުތަކަށް ނުވަނުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.