5 ޑިސެމްބަރު 2024 - އެމްޑީޕީ ސަރުކާރުގެ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ބައެއް ޓަވަރުތައް (ފޮޓޯ/ދައުރު)
4،000 ފްލެޓްގެ ލިސްޓް މުރާޖައާކޮށް އެންމެ ފަހުން ނެރެފި
ކުރީ ސަރުކާރުގައި އިއުލާން ކުރި 'ގެދޮރުވެރިޔާ' ސްކީމުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަ ނުވާ މީހުން ފާހަގަކޮށް، އާ ލިސްޓު ހައުސިން މިނިސްޓްރީން މިއަދު ނެރެފި އެވެ.
ވީ ކިހިނެއް؟ - އެ ލިސްޓު މިހާރު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ. މި ލިސްޓުގައި ޝަރުތު ހަމަ ނުވާ މީހުންނާއި ޝަރުތު ހަމަވި މީހުންގެ ނަންތައް ވެސް ހިމަނާފައިވެ އެވެ. އަދި ޝަތުރު ހަމަ ނުވި ސަބަބު ވެސް ފާހަގަކޮށްފައިވެ އެވެ.
އުސޫލު ނަންބަރު 20-ޖީ / 2022 (ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު) ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓްއާއި ގުޅޭhttps://t.co/jWyZLUvVJL pic.twitter.com/I8uqZegQ5J
— Ministry of Construction, Housing & Infrastructure (@MoCImv) February 27, 2025
ތަފްސީލު - މި ލިސްޓާއެކު ގެޒެޓްކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން، މާޗް 31ގެ ނިޔަލާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ޝަކުވާ ހުށަހަޅާނީ:
-
ފޯމް ހުށަހަޅާފައިވާ ފަރާތެއް ނަމަ، އެ ފަރާތުގެ ފޯމާ ގުލޭ ޝަކުވާ 'ގެދޮރުވެރިޔާ ޕޯޓަލް' މެދުވެރިކޮށް
-
ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއް ނަމަ އީމެއިލްއަށް ([email protected]) ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން
ޝަކުވާ ހުށަހެޅުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ބޭނުންނަަމަ، ގުޅާނީ މިނިސްޓްރީގެ ނަންބަރު 4004911 ނުވަތަ 4004910 އަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިއަދު މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުން ޝަރުތު ހަމަވެފައި ވަނީ، 1،820 މީހުންނެވެ.