ގަޟާއީ އާ އަހަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން. (ފޮޓޯ/ ރައީސް އޮފީސް)

ސުޕްރީމް ކޯޓު

ސުއޫދު، މަހާޒު އަދި އަޒްމިރަލްދާ ސަސްޕެންޑްކޮށްފި

ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލުކުރި މައްސަލައިގެ އަޑުއެހުމަށް ކުޑަތަން ވެފައިވަނިކޮށް
26 ފެބްރުއަރީ 2025
4

ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލުކުރި މައްސަލައިގެ އަޑުއެހުމަށް ކުޑަ ތަން ވެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން  ސަސްޕެންޑް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:

  • އަޒްމިރަލްދާ ޒާހިރު

  • މަހާޒު އަލީ ޒާހިރު

  • ހުސްނުއްސުއޫދު

ތަފްސީލް - ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ މިއަދު ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގަ އެވެ. މިކަން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާ ހުސެން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

އެނގިފައިވާ ގޮތުގައި، ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ފަނޑިޔާރުންނާ ގުޅުން ހުރި މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް ބުނެ އެވެ.

އެނގުން މުހިންމު - މިއަދުގެ އަޑުއެހުމަށް ތާވަލުކޮށްފައި އޮތީ ގާނޫނުއަސާސީއަށް ފަހުން ގެނައި ބަދަލާ އެއްގޮތަށް މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް މަޑުޖައްސައިލުމަށާއި ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުން މަޑުޖައްސާލުމަށް އެދިފައިވާ ވަގުތީ އަމުރުތަކުގެ ކަންތަކެވެ.

އެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ. އޭގެ އިރުކޮޅެއް ކުރިއަށް ތިން ފަނޑިޔާރުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ކުރިއަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފަ އެވެ.

މި މަސައްކަތް ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެށީ، ގާނޫނުއަސާސީއަށް ގެންނަ ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ. މި މައްސަލަ އެ ކޯޓުގައި ބައްލަވަނީ ވެސް ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުންނެވެ.

ކޮމެންޓް (4)

ލޮލް

26 ފެބްރުއަރީ 2025
ވެލްކަމް ޓޫ ދަ ޖަންގަލް... ވީ ގޮޓް ފަން އެންޑް ގޭމްސް..
2 0

އައްޑާ

26 ފެބްރުއަރީ 2025
ހައްޤަށް ނަޞްރު ލިބޭނެ - ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ ﷲ
1 0

ތެފައާސާ.

26 ފެބްރުއަރީ 2025
މުއިއްޒުގެ ހަގީގީ ސޫރަ އަދިކިރިއާ ފެންނަން ތި ފެށީ. ޚުދުމުހުތާރު ވެރިކަމަކާއި ދިމާލަށް މިސްރާބު މި ޖެހީ. ދިދަ ދަށުގައި ހުރެގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީކަމަށް ބުނެ ކުރި އަހުދު ބޮލާލާ އެ ޖެހީ. އެޒް މައި ފްރެންޑް އީ ސެއިޑް، ވެލްކަމް ޓު ކިންގްޑަމް އޮފް މޯލްޑިވްސް.
3 0

ރަގަލު

26 ފެބްރުއަރީ 2025
ވަރަށް ރަގަޅު. ހުސް ސިޔާސީ ފިކުރު ގެ މީހުން
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް