ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ: ގްރީން ފަންޑުން އެންމެ ބޮޑު އެއް ހޭދައެއް ކުރާ މަޝްރޫއަކީ މިއީ

ގްރީން ފަންޑް

ގްރީން ފަންޑް 1.6 ބިލިއަން ރުފިޔާއަށް؛ 172 މިލިއަންގެ މަޝްރޫއު

16 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ވަރަށް ބޮޑު ހޭދައެއް އެ ފަންޑުން ކުރޭ
22 ފެބްރުއަރީ 2025

މިދިޔަ އަހަރު ނިމުނު އިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ ހުރި ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އަދި އެ ފަންޑުން އެކި މަޝްރޫއުތަކަށް މިދިޔަ އަހަރު 172.1 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. 

ވީ ކިހިނެއް؟ - މާލީ ވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ގްރީން ފަންޑުގެ ތަފާސްހިސާބުތައް ހިމެނޭ ރިޕޯޓްތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ގްރީން ޓެކުހުގެ ފައިސާއާ އެކު ޖުމްލަ ގްރީން ފަންޑަށް ޖަމާކޮށްފައި ވަނީ 110 މިލިއަން ރުފިޔާ އެވެ. އަދި: 

  • 2024 އިން ބާކީވީ 1.2 ބިލިއަން ރުފިޔާއާ އެކު މިދިޔަ އަހަރު ނިމުނު އިރު އެ ފަންޑުގެ ޖުމްލަ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައި 

ތަފްސީލް - ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު 39 މަޝްރޫއަކަށް މިދިޔަ އަހަރު ގްރީން ފަންޑުން ވަނީ ހަރަދުކޮށްފަ އެވެ. އެގޮތުން: 

  • އެއް މަޝްރޫއަކަށް އެންމެ ބޮޑު އެއްޗެއް ހަރަދުކުރީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް؛ އެއީ 12.5 މިލިއަން ރުފިޔާ

  • ދެން އެންމެ ބޮޑު ހަރަދެއް ކުރީ 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް؛ އެ މަޝްރޫއުތަކަށް 179.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި 

ފާހަގަކޮށްލެވޭ - އެ ފަންޑަށް މިދިޔަ އަހަރު ޖަމާކުރި ޖުމްލަ އަދަދަށް ވުރެ އިތުރަށް ވަނީ 63 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް