އެމްއެންޔޫގައި ސްޓޯލްތައް ބަހައްޓައިގެން ދުޅަހެޔޮ ސިއްހަތަށް އަހުލުވެރިކުރުމުގެ ގައުމީ ކެމްޕޭން ފަށައިގެން ކުރިއަށް ގެންދަނީ - (ފޮޓޯ/ އެމްއެންޔޫ)

ދުޅަހެޔޮ ސިއްހަތަށް އަހުލުވެރިކުރުމުގެ ގައުމީ ކެމްޕޭން އެމްއެންޔޫން ފަށައިފި

މި ކެމްޕޭން ހިންގުމަށް އެމްއެންޔޫން ނިންމީ އެ ޔުނިވާސިޓީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއެޗްއޯ) އިން ކުރި ސްޓެޕް ސާވޭއެއްގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަ ވުމުން
16 ފެބްރުއަރީ 2025

ދުޅަހެޔޮ ސިއްހަތަށް އަހުލުވެރިކުރުމުގެ ގައުމީ ކެމްޕޭން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފަހި ސިއްހަތުގެ ނަމުގައި އެ ކެމްޕެއިން ފެށުމަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ތަފްސީލް - މި ކެމްޕޭން ހިންގުމަށް އެމްއެންޔޫން ނިންމީ އެ ޔުނިވާސިޓީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއެޗްއޯ) އިން ކުރި ސްޓެޕް ސާވޭއެއްގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަ ވުމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޖިސްމާނީ ހަރަކާތްތައް މަދުވުން

  • ސިއްހަތަށް ގެއްލުން ހުރި ކާނާގެ އާދަތައް އިތުރުވުން

  • ދުންފަތުގެ އިސްތިއުމާލު ކުރުން ގިނަވުން

  • ގައިންގަޔަށް އަރާ ބަލިތަކަށް މަގުފަހިވާ ކަންކަން އިތުރުވުން

ދުޅަހެޔޮ ސިއްހަތުގެ މައުލޫމާތު ދިނުމަށް އެމްއެންޔޫގައި ސްޓޯލްތަކެއް ވަނީ ބަހައްޓައިފަ އެވެ. ހެލްތު މިނިސްޓްރީ އާއި ފިޓްނަސް މިނިސްޓްރީން ބަހައްޓާފައިވާ އެ ސްޓޯލްތަކުން، ބީޕީ ޗެކްކުރުމާއި ހަކުރު ޗެކްކުރުމުގެ އިތުރުން ބީއެމްއައި ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

ބުނީ ކީކޭ؟ - "ބަލިތަކަށް ފަރުވާ ދިނުމަކީ މުހިންމު ކަމެއް ކަމުގައިވީ ނަމަވެސް އަބަދު ވެސް އިސްކަމެއް ދޭން ވާނީ ބަލިތައް ޖެހުނަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ފަހި ސިއްހަތު ކެމްޕެއިން ފެށުމުގެ މަގުސަދަކީ ބަލިތައް ޖެހުނަ ނުދިނުމުގެ ސަގާފަތެއް އާލާކުރުމެވެ." އެމްއެންޔޫން ބުންޏެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް