އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީސް ކުރާ ހަތަރު އިމާމުން
އިސްލާމީ މަރުކަޒުގައި މި ރޯދަ މަހު ތަރާވީސް ކުރާނީ ޒުވާނުން
މި އަހަރުގެ ރޯދަ މަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީހު ނަމާދު ކުރާނީ ހަތަރު ޒުވާނުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- މި ހަތަރު ޒުވާނުންނަކީ ވެސް ގުރުއާން ހިތުދަސް ހާފިޒުންނެވެ. މިިނިސްޓަރު ވިދާޅުވި ގޮތުގައި އިމާމުވެ ތަރާވީސް ކުރާނީ:
-
ސަލްމާން މުހައްމަދު ލަތީފް
-
އުވައިސް ބިން އިނާޒް
-
ހިޒްރު ބިން އިމާދު
-
ސުލްތާން މުހައްމަދު ލަތީފް
އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީސް ކުރުމުގެ ފުރުސަތު އާއްމުކޮށް ޒުވާނުންނަކަށް ނުލިބެ އެވެ. އެކަމަކު އެގޮތް ބަދަލު ކުރައްވައި، ޒުވާނުންނަށް ފުރުސަތު ދިނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މުސްތަގްބަލަށް ގައުމު ފަހުރުވެރިވާ ޒުވާން އިސްލާމީ ޝަހުސިއްޔަތުން ނެރުމަށެވެ.
އިމާމްކަން ކުރާ ހަތީބުންގެ ތެރެއިން ސަލްމާން އާއި ސުލްތާން ވަނީ މިދިޔަ އަހަރު ވެސް އެ މިސްކިތުގައި ތަރާވީސް ކޮށްފަ އެވެ. އެއީ، މިސްކިތުގެ އިސް އިމާމު މުހައްމަދު ލަތީފްގެ ދެ ދަރިންނެވެ.
ސަލްމާން އާއި ސުލްތާން އިމާމުވެ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ފަހު ދިހައިގަ އެވެ.
އެނގުން މުހިއްމު - ޒުވާން ހަތީބުން ތަމްރީނު ކުރުމަށް ޝަހީމް ވަނީ ބޮޑު ޕްރޮގްރާމެއް ފައްޓަވާފަ އެވެ. އެ ޕްރޮގްރާމް މިހާތަނަށް 270 ޒުވާނުން ވަނީ ފުރިހަމަކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު 1،000 ހަތީބުން ތަމްރީނު ކުރުމެވެ.
ކޮމެންޓް (3)
ޑރ އިބްރާހިމް ދާއޫދު
ޢަސީލަ
ސަމީނު