ހަނިމާދޫގައި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ދެ މައިން (ފޮޓޯ/ ޕޮލިސް)
ޑްރަގު ބޭނުންކޮށް ވިއްކާކަމުގެ ތުހުމަތަށް ދެމައިން ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހދ. ހަނިމަދޫން މަންމަ އާއި އޭނާގެ އަންހެން ދަރި ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ، ހަނިމާދޫގައި ޑްރަގު ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގައި އިއްޔެ ހިންގި އޮޕަރޭޝަނެއް ތެރެއިންނެވެ.
ތަފްސީލު - މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނަކީ:
-
އާމިނަތު، 56، މަޔާ ޕެލަސް/ހަނިމާދޫ
-
ފާތިމަތު މާޔާ، 25، މަޔާ ޕެލަސް/ހަނިމަދޫ
'ދައުރު'އަށް އެނގިފައި ގޮތުގައި، އާމިނަތު އަދި މާޔާއަކީ ދެމައިންނެވެ.
ފުލުހުން މިއަދު ވަނީ އެ ދެ މީހުންގެ ވަނަވަރު ހާމަކޮށް، މި އޮޕަރޭޝަނާ ގުޅޭ ބައެއް މައުލޫމާތު އެ އިދާރާގެ ވެބްސައިޓުގައި ހާމަކޮށްފަ އެވެ. އެގޮތުން:
-
މި އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވޭ
-
މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވޭ
-
ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 189.69 ގުރާމް ހުރި
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަނިމާދޫ ކޯޓަށް ހާޒިރުކުރުމުން އާމިނަތުގެ ބަންދަށް ފަސް ދުވަސް އަދި މާޔާ 15 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވެ އެވެ.
ކޮމެންޓް (1)
އަފީފާ