ސުޕްރީމް ކޯޓު ކައިރިން މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ވަނީ ރާވާފައި: އެމްޑީޕީ

އެމްޑީޕީން ބުނާ ގޮތުގައި ސަރުކާރުގެ މަގްސަދަކީ، ޕާޓީ ބަދަލު ކުރުމް ގޮނޑި ގެއްލޭ ގޮތަށް ގެނައި ބަދަލު ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުން

ސުޕްރީމު ކޯޓުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެ ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ޕާޓީން ވަކިވުމުން ނުވަތަ ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް މި ފަހުން ގެނައި ބަދަލުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހު 17 ވަނީ ޝެޑިއުލްކޮށްފަ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ގާނޫނުއަސާސީގެ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ.

ބުނީ ކީކޭ؟ - އެ ޕާޓީން ބުނި ގޮތުގައި:

  • ތިން ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ފަހު، ހުސްވާ މަގާމުތަކަށް އައްޔަން ކުރަން ނިންމާފައިވަނީ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް

  • މިހާރު ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ދެ ބޭފުޅެއް

"ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަތުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ އެވެ،" އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"ޖުޑިޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅު، އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކި ކުރުމަކީ އަދުލުވެރި އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ފަހަތަށް އެޅޭނެ ފިޔަވަޅެކެވެ."

އެމްޑީޕީން ވަނީ، ސަރުކާރުގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އަދި އެކަން ހުއްޓާލުމަށް ގޮވާލި އެވެ.

އެނގުން މުހިއްމު - ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަ ބައްލަވާނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސީމް އަދުނާނެވެ.

މައްސަލައަށް ތަދައްހުލްވާން އެދިފައިވާ އިދިކޮޅު އެމްޑީޕީއާއި ޑިކޮމްރެޓްސްއަށް މިހާރު ވަނީ ހުއްދަ ވެސް ދީފަ އެވެ.

ކޮމެންޓް (2)

އެދުރު

9 ފެބްރުއަރީ 2025
މޑޕ މުޒާހަރާތަކުގައި އުޅުނު އެކްޓިވިސްޓް ހުސްނުއް ސުއޫދު ސްޕްރީމް ކޯޓްގައި ބައިންދަން ޖެހޭތަ
3 0

ތެފައާސާ.

9 ފެބްރުއަރީ 2025
3 ފަނޑިޔާރުން ސްޕްރީމް ކޯޓަށް އައްޔަން ކުރައްވަންޏާ އެއް ބޭކަލަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ގާނޫނީ ވަކީލް ސިއްދީގު އައްޔަންކުރައްވާނެ ކަމަށް އުންމީދު ކުރަން.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް