ރައީސް މުއިއްޒު، ޑިސެމްބަރު 2023ގައި ރައީސް އޮފީހުގައި ސިޔާމްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ދެ ބޭފުޅުން ސަލާމް ކުރައްވަނީ. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އެމްޑީއޭ

ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހިދާނެ: އެމްޑީއޭ

ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްޑީއޭގެ 19 މެންބަރުން މިދިޔަ އޮކްޓޯބަރުގައި ވަޒީފާއިން ވަކިކުރި. ނަމަވެސް، އޭގެ ތެރެއިން ގިނަ މީހުންނަށް އަލުން އަނބުރާ ވަޒީފާ ދިން
1 ފެބްރުއަރީ 2025

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ރައީސްކަން ކުރައްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މި ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު މިއަދު ދީފި އެވެ.

ވީ ކިހިނެއް؟ - އެ އިންޒާރު ދެއްވީ އެމްޑީއޭގެ ނައިބު ރައީސް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - "ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. [މުހައްމަދު] މުއިއްޒު އާއި އެމްޑީއޭގެ ލޮބުވެތި ރައީސްއާ ދެމެދު އެކި ފަހަރު މަތިން މަޝްވަރާކުރެވި، އެއްބަސްވެ ސޮއި ކުރައްވާފައިވާ އެގްރިމެންޓަށް އިހްތިރާމްކޮށް، އަމަލުކުރުމަށް ރައީސް ޑރ. މުއިއްޒަށް ވަރަށް އިހްތިރާމާ އެކު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

"... އެމްޑީއޭގެ ލޮބުވެތި ރައީސްގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެމްޑީއޭ އިން ލިބުނު އެހީތެރިކަން މަތިން ހަދުމަނެތި، އެއްބަސްވުމައް އަމަލު ނުކުރައްވާ ނަމަ، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވާން ޖެހިދާނެ."

ގުޅުން ހުރި - ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްޑީއޭގެ 19 މެންބަރުން މިދިޔަ އޮކްޓޯބަރުގައި ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ މީހުންނަށް އަލުން އަނބުރާ ވަޒީފާ ދިނެވެ.

އެނގުން މުހިންމު - 2023ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ފުރަތަމަ އޮތީ އޭރު ވެރިކަމުގައި އޮތް އަދި މިހާރު މައި އިދިކޮޅު އެމްޑީޕީއާ އެކު އެވެ. ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ކޯލިޝަން ރޫޅާލައި އެމްޑީޕީއަށް ކުރި ތާއީދު އަނބުރާ ގެންދިޔަ އެވެ. އެއާ އެކު، އެ ޕާޓީން ތާއީދު ކުރީ އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް