ސްޓެލްކޯ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސްޓެލްކޯ

މައްސަލަ ހައްލުކޮށް މާލެ ގެތަކަށް ކަރަންޓު ދޭން ފަށައިފި؛ %75 ގެތަކަށް މިހާރު ދީފި

ބާކީ ހުރި ގެތަކަށްވެސް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނި

މުޅި މާލެއިން ކަރެންޓް ކެނޑުނު މައްސަލަ ހައްލުކޮށް، ގެތަކަށް ކަރަންޓު ދޭން ފަށައިފި އެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މިހާތަނަށް %75ގެތަކަށް ވަނީ ކަރަންޓު ދީފަ އެވެ.

ވީ ކިހިނެއް؟ - މުޅި މާލެއިން މިއަދު ހެނދުނު 11:40 ހާއިރު ވަނީ ކުއްލި ގޮތަކަށް ކަރަންޓް ކެނޑިފަ އެވެ. އޭގެ 15 މިނެޓެއްހާއިރު ފަހުން ބައެއް ސަރަހައްދުތަކައް ކަރަންޓު ދޭން ވަނީ ފަށާފަ އެވެ.

ބުނީ ކީކޭ؟ - ސްޓެލްކޯއިން ބުނި ގޮތޔުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ދިމާވި "ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން" ނެވެ. އަދި މިހާރު އިންޖީނުތައް އަލުން ހިންގަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން.  މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައި. ބާކީ ހުރި ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުންނެވެ.

"މި ކަމާ ގުޅިގެން ދިމާވާ ދަތިތަކަށް އިހްލާސްތެރިކަމާ އެކު މައާފަށް އެދެން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް