ސްޓެލްކޯ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
މުޅި މާލޭން ކަރަންޓު ކެނޑިއްޖެ
މިއީ، ފަހުގެ ތާރީހެއްގައި މުޅި މާލެއިން އެކީ އެއްފަހަރާ ކަރަންޓް ދިޔަ ފުރަތަމަ ފަހަރު
1 ފެބްރުއަރީ 2025
ޓެކްނިކަލް މައްސަލައެއް ދިމާވެ، މުޅި މާލެއިން ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯއިން ބުނި ގޮތުގައި މާލެއިން ކަރަންޓު ކެނޑިފައިވަނީ، ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އަދި މައްސަލަ ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ، ފަހުގެ ތާރީހެއްގައި މުޅި މާލެއިން އެކީ އެއްފަހަރާ ކަރަންޓް ދިޔަ ފުރަތަމަ ފަހަރެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓުގެ ހިދުަމަތް ވަނީ މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
— STELCO (@STELCOMALDIVES) February 1, 2025