ތިލަފުށި މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އެޗުޑީސީ)

އެޗްޑީސީ

އެޗްޑީސީއިން މާޒިޔާއަށް 2.9 މިލިޔަން ރުފިޔާއަށް ތިލަފުށިން ބިމެއް ވިއްކައިފި

މާޒިޔާއިން 2.99 މިލިޔަން ރުފިޔާއަށް އެ ބިން ގަނެފައިވަނީ އަކަ ފޫޓެއް 590 ރުފިޔާގެ މަގުން

މާޒިޔާ އިން 2.9 މިލިޔަން ރުފިޔާއަށް ކ. ތިލަފުށިން ބިމެއް ގަނެފި އެވެ.

ވީ ކިހިނެއް؟- ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ބިން މާޒިޔާއަށް ވިއްކާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މި މުއާމަލާތު ސައްހަ ކަމަށް މީގެ ދެ ދުވަސް ކުރިން ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ތަފްސީލު- ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުގައި:

  • މާޒިޔާއިން ގަނެފައިވަނީ 5،035 އަކަ ފޫޓުގެ ބިމެއް

  • ބިން ގަތީ އަކަ ފޫޓެއް 590 ރުފިޔާގެ މަގުން 2.99 މިލިޔަން ރުފިޔާއަށް

  • ބިން ގަތީ ސިނާއީ ބޭނުމަކަށްޓަކައި ކަމަށް އެއްބަސްވުމުގައި ބުނެފައިވޭ

ކޯޓުން ބުނީ ބިމުގެ އަގަށްވާ ފައިސާ މާޒިޔާއިން ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އެހެންވެ، ގުޅުން ހުރި އެހެން ކަންކަމަށް ބެލުމަށް ފަހު އެ މުއާމަލާތް ސައްހަ ކަމަށް ކަނޑައަޅާފައިވާ ކަމަށް އެތަނުން ބުންޏެވެ.

އެނގުން މުހިއްމު - ތިލަފުށިން ބިން ވިއްކުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެޗްޑީސީން އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވެ އެވެ. ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ދޫކުރަން ހުޅުވާލާފައިވަނީ ސަރުކާރުން ބޭނުންވި ބަޔަކަށް އަގުހެޔޮކޮށް ބިންތަކެއް ދިނުމަށް ފަހު ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެކަން އެޗްޑީސީން ދޮގު ކުރި އެވެ.


ކޮމެންޓް (5)

ސުމޯޓޯ

2 ފެބްރުއަރީ 2025
މިމައްސަލައިން އޭސީސީން އަމިއްލައަށް ނުވަދެވެނީ ކީއްވެ، ފުލުހުންގެ އިސްނެގުމުން މައްސަލަ ނުބަލަނީ ކީއްވެ! މިއީ ފާޅުކަން ބޮޑުގޮތެއްގައި ހިނގާ ކަންކަން
0 0

ނަހުމާ

31 ޖެނުއަރީ 2025
އާދައިގެ ފުލެޓެއްގެ އަގުވެސް ތިޔަށްވުރެ ބޮޑު.މިއީ ވައްކަން.
5 1

ހިސްޓޯރިއަން

31 ޖެނުއަރީ 2025
ތިލަފުށިން ބިން ވިއްކަން އިއުލާނުކުރީ އަކަފޫޓަކަށް 1700 (ސަތާރަ ސަތޭކެ) ރުފިޔާއަށް، އެއަށްވުރެ ކުޑަކޮށް ބިން ވިއްކާނަމަ އެއީ ޢާއްމުކޮށް އިޢުލާނުކޮށްގެން އެންމެންނަށް ލިބުނު ފުރުޞަތެއް ނޫން! ބިން ވިއްކުމުގެ މުޢާމަލާތްތައް ފޮރުވިގެނެއް ނުހިނގާނެ! އަކަފޫޓަކަށް 590 ރުފިޔާއަކީ ވައްކަން ކުރުން!
12 1

ހުސެން ސައިދު

1 ފެބްރުއަރީ 2025
@ހިސްޓޯރިއަން ދެން ބަލާ ބާކީ 01000/- ވަރަކަށް ކޮންމެ އަކަފޫޓަކަށް ސަރުކާރުގެ ތިބި ވެިރނަށް ދާނެކަމަށް.
1 0

ރާއްޖެތެރޭ ވަކީލު

2 ފެބްރުއަރީ 2025
@ހިސްޓޯރިއަން ބިމާ ބެހޭ ޤާނޫނުން ކޯޓު މެދުވެރިކޮށް މިލްކުވެރިކަން ބަދަލުކުރުމަށް އޮންނަ އޮތުމަކީ ޞައްޙަމަގުން ނޫންގޮތަކަށް ބިން މިލްކު ކުރުން ހުއްޓުވުން! ކޯޓުގެ ޒިންމާއެއްވެސް މިކަމުގައި އޮވޭ! ސުވާލު އުފެދޭ އުސޫލަކުން ދައުލަތުގެ ބިން ވަކި ވަކި ފަރާތްތަކަށް ބަދަލު ކުރުމަކީ ކޯޓުން ސުވާލުކޮށް ޞައްޙަކަން ކަށަވަރުކުރަންޖެހޭ ކަމެއް، މިކަމުގައި އެޗް.ޑީ.ސީގެ ބޯޑު ރިސޮލިއުޝަން އޮތްތޯ، ބޯޑުން ނިންމާފައިވޭތޯ، މާލިއްޔަތު ގަވާޢިދު ނުވަތަ އެޗް.ޑީ.ސީގެ ޕުރޮކިއުމެންޓު އުސޫލުތަކާއި ބިންވިއްކުމުގެ އުސޫލާއި އެއްގޮތަށްތޯ، ޢާއްމުކޮށް އިޢުލާނު ނުކޮށް މިގޮތަށްދެވޭ ހުރިހާ ބިންތަކަށް ކޯޓުތަކުން ފާރަވެރިވާންޖެހޭ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް