ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމަ ޒަމީރާ އުމަރު: މިއަދު ވަނީ އަވަހާރަވެފައި.
ކުރީގެ ފަަސްޓް ލޭޑީ ފަޒްނާގެ މަންމަ އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ މަންމަ ޒަމީރާ އުމަރު މިއަދު އަވަހާރަވެއްޖެ އެވެ.
ތަފްސީލް - އުމުރުން 82 އަހަރުގައި ޒަމީރާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވާންދެން ބަލިވެ އުޅުއްވުމަށް ފަހު އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުންގެ އާއިލާއަށް ލިބިވަޑައިގެންނެވި މި ހިތާމައިގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
އެމަނިކުފާނު ވަނީ އެކްސް ޕޯސްޓެއްގައި އާއިލާއަށް ތައުޒިއާ ވިދާޅުވެފަ އެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) January 31, 2025
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ލޮބުވެތި މަންމަ، ޒަމީރާ ޢުމަރު އަވަހާރަވުމުގެ ފުން ހިތާމައިގާ ބައިވެރިވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށާއި ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ.… pic.twitter.com/VnLZ9HQUe5