މާލޭގައި ސިނގިރޭޓް ތައްޔާރުކުރާ ތަނެއް ފާސްކޮށް ފުލުހުން ރޭ އެ ތަނުގެ ތެރެއިން ބައެއް ތަކެތި ބެލުމުގެ ދަށަށް ގެންދަނީ.

ފުލުހުން

ސިނގިރޭޓު ހަދާ އޮފީހުން 103 ފޮށިގަނޑު ގެންދިޔަ؛ ބައެއް ތަކެތީގައި ދުންފަތް

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ އެ ތަނަށް ވަދެ، އެ އޮފީހުގެ ތެރެއިން ބޮޑެތި ކަޅު ފޮށިތަކެއް ނެރެ، ފުލުހުންގެ ޕިކަޕަށް އެރުވި މަންޒަރު ފެނިފައިވޭ

މާލޭގައި ފުޅާ ދާއިރާއެއްގައި ސިނގިރޭޓް އުފައްދައި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ތަނަކަށް ފުލުހުން ރޭ ވަދެ ހިންގި އޮޕަރޭޝަނުގައި 103 ކަރުދާހު ފޮށިގަނޑު ގެންދިޔަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ރޭ ވަދެ ހުއްޓުވާފައި ވަނީ ކަރަންކާ މަގުގައި ހުންނަ ހ. ހުޅުގަލީގެ ފުރަތަމަ ފަންގިފިލާގެ ބައެއްގައި ހިންގަމުން ދިޔަ ސިނގިރޭޓް ތައްޔާރުކޮށް، ބަންދުކުރަމުން ގެންދިޔަ ތަނެކެވެ. ފުލުހުން އެ ތަނަށް ވަދެ ފާސްކުރަން ފެށީ ރޭ ގާތްގަނޑަކަށް 7:30 އެހާއިރުން ފެށިގެންނެވެ.

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭ ހިންގި "ސިނގިރޭޓު އޮޕަރޭޝަނު"ގައި ޖުމްލަ 103 ކަރުދާހު ފޮށިގަނޑު އަތުލައިގަނެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ދުންފަތް ހުރި ފޮށި ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި ހިންގާ އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގައި ސިނގިރޭޓް އުފައްދާ ކަމަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން އެ ތަނަށް ވަދެ، އެ އޮފީހުގެ ތެރެއިން ބޮޑެތި ކަޅު ފޮށިތަކެއް ނެރެ، ފުލުހުންގެ ޕިކަޕަށް އެރުވި މަންޒަރު ވަނީ 'ދައުރު'ގެ ނޫސްވެރިންނަށް ފެނިފަ އެވެ.

އެނގިފައިވާ ގޮތުގައި، އެ އޮފީހުގެ ތެރޭ ތައްޔާރު ކުރާ ސިނގިރޭޓް ބުރޭންޑަށް ކިޔަނީ އެޗްޑީ އެވެ. އެ ސިނގިރޭޓް ހުންނަނީ ރާއްޖެއަށް އިމްޕޯޓް ކުރާ އެކި ބާވަތްތަކުގެ ސިނގިރޭޓް ހުންނަ ޕެކިންގައި ބަންދުކޮށް، ވަރަށް ރީއްޗަށް ލޭބަލް ވެސް ކޮށްފަ އެވެ. އަދި އެ ބްރޭންޑުގެ ސިނގިރޭޓް ވިއްކަނީ ބާޒާރުގައި ވިއްކާ އެހެން ސިނގިރޭޓްތަކަށް ވުރެ އަގު ހެޔޮކޮށެވެ.

ކޮމެންޓް (1)

ހުސެން ސައިދު

1 ފެބްރުއަރީ 2025
ޕޮލިހުންވެސް ބުރަ މަސައްކަތް ކުރަން މި ގެންގުޅެނީ ހަމަ ބޮނދުން ދޯ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް