އުދައްޔުގެ މަަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ކްރިމިނަލް ކޯޓުގައި، 12 ޖޫން 2022

އުދައްޔުގެ މަރު

އުދައްޔުގެ މަރުގެ ޝަރީއަތް ނިމިިއްޖެ؛ ހުކުމްކުުރުން މާޗު މަހަށް

މިއަދު ބޭއްވީ ހުރިހާ ހަސްމަކުން ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން، މާޗު މަހު ހުކުމްކުރައްވާނެ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވި
30 ޖެނުއަރީ 2025

މީގެ ހަތަރު އަހަރު ކުރިން ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައި މާޗު މަހު ހުކުމްކުރުމަށް މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - މިއަދު ބޭއްވީ ހުރިހާ ހަސްމަކުން ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެކެވެ. ހުލާސާ ބަޔާނަކީ، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމިގެން ޝަރީއަތުގައި ފާހަގަވި ކަންކަމާއި ސާބިތުކުރަން ބޭނުންވާ ކަންކަން ހުލާސާ ގޮތެއްގައި ބަޔާން ކުރުމެވެ.

ހުލާސާ ބަޔާންތައް އިއްވައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މައްސަލައިގައި ހުކުމް ކުރުމަށް މާޗް މަހުގެ ތެރޭގައި އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާގެ ޝަރީއަތެވެ. ތިން މީހުންނަކީ:

  • އަހުމަދު ޝަމީމް، ރިހިފަރުދާގެ/ގއ. މާމެންދޫ

  • ޝަރަފް ރަޝީދު، ބިލަތްމާގެ/ގއ. މާމެންދޫ

  • މުހައްމަދު މާޒިން، ގުލްފާމުގެ/ގއ. މާމެންދޫ

އެނގުން މުހިންމު - އުދައްޔު މަރާލުމުގެ ދައުވާ އުފުލީ އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި25 އަހަރު ދުވަހަށް ބަންދު ކުރުމަށް ޖުވެނައިލް ކޯޓުން ހުކުމްކުރީ 31 އޮކްޓޯބަރު 2022ގަ އެވެ.

އުދައްޔު މަރާލި އިރު އޭނާގެ އުމުރުން 17 އަހަރެވެ. އުދައްޔު މަރާލީ ފެބްރުއަރީ 2021ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް