ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާޗާ ޕްރޮގްރާމުގެ ތެރެއިން (ފޮޓޯ/ޓްރީ ޓޮޕް)
ޓްރީ ޓޮޕްގެ ނާޗާ ޕްރޮގްރާމުގެ އަހަރުގެ ފުރަތަމަ ސެޝަން ބާއްވައިފި
މާބަނޑު އަދި އަލަށް ކުދިން ލިބިފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށް ގެންދާ ނާޗާ ޕްރޮގްރާމުގެ މި އަހަރުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މި މަހު 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ގިނަ މައުލޫމާތުތަކެއް ފޯރުކޮށްްދިން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ތަފްސީލް - ނާޗާ ޕްރޮގްރާމުގެ ބޭނުމަކީ، ޓްރީ ޓޮޕުން ބުނި ގޮތުގައި، ބަލިވެއިނުމާއި ބެލެނިވެރިކަން އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީ މައިންބަފައިންނާއި ތުއްތު ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ބަލިވެއިނުމުގައި ދިމާވާ އެކިއެކި ކަންތައްތައް ހިއްސާކޮށް، އަޅާލާ މުޖުތަމައުއެއް އުފެއްދުމެވެ.
ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ އިންޓަރެކްޓިވް ސެޝަންތައް ނަންގަވައިދެއްވީ ތަޖުރިބާކާރުންގެ ޓީމަމުންނެވެ. މީގެ ތެރޭގައި:
-
ކޮންސަލްޓަންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޑރ. މުނުސްވާމީ ނާރާޔަން ސަމްޕަތު
-
ކޮންސަލްޓަންޓް ނިއޮނޭޓޮލޮޖިސްޓް (އަލަށް ވިހާ ކުޑަކުދިންގެ ހާއްސަ) ޑރ. ސަރްފަރާޒް ރަފީގު އަހުމަދު މޮމޮން
މީގެ އިތުރުން، ޕީޑިއެޓްރިކްސް، ފިޒިއޮތެރަޕީ، ޑާމެޓޮލޮޖީ އަދި ނާސިން ދާއިރާގެ ތަޖުރިބާކާރުން ޕްރޮގްރާމުގެ ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ.
މި ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ސެޝަންތަކުގެ ތެރޭގައި:
-
ގާތުން ކިރުދިނުމާއި ވިހެއުން
-
އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާ
-
ވިހެއުމުގެ ކުރިން ކަސްރަތު ކުރުން
-
ރިހުން މެނޭޖްކުރުން
މި ސެޝަނުގައި، ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސުވާލުކުރުމާއި ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނެވެ.
ފާހަގަކުރެވޭ ކަމެއް - ޓްރީ ޓޮޕް ހޮސްޕިޓަލަކީ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ދަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.