ގާފަރުގައި ބިދޭސީއެއްގެ ބުރަކަށްޓަށް ވަޅި ހަރާފައި (ފޮޓޯ/އެމްވީކްރައިސިސް)

މާރާމާރީ

ގާފަރުގައި މަގުމަތިން ބިދޭސީއެއްގެ ބުރަކަށްޓަށް ވަޅި ޖަހައިފި

މި މައްސަލައިގައި އެ ރަށު ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި

ކ. ގާފަރުގައި މިއަދު ބިދޭސީއެއްގެ ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

ތަފްސީލް - ފުލުހުން ބުނިގޮތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރެހަނަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 7:05 ހާއިރު އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހާއަށް ހަމަލާދިނީ މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށެވެ.

މި މައްސަލައިގައި ގާފަރު ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކޮށްފައި ވަނީ:

  • ޖާޒިމް ޖައުފަރު، ގުލިސްތާނުގެ

ފާހަގަކޮށްލެވޭ - ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކުން ފެންނަ ގޮތުގައި ހަމަލާދީފައި ވަނީ ގާތްގަނޑަކަށް 15 ސެންޓިމީޓަރުގެ ވަޅިއަކުންނެވެ. އަދި ވަޅި ހަރާފައިވަނީ އޭނާގެ ކަނާތު ކޮނޑުހުޅާ ކައިރިއަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް