ސައިކަލް ދުއްވަން އިން ކުޑަކުއްޖާ އެއިން ނުކުމެގެން ދަނީ

ފުލުހުން

ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ގޮސް، ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި ޖެހި އެކްސިޑެންޓުވެއްޖެ

ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުން

ހދ. ކުޅުދުއްފުށީގައި ކުޑަކުއްޖަކު ދުއްވި ޕިކަޕެއް، އެ ރަށު އެއާޕޯޓު ވަށައިގެން އޮންނަ ފެންސްގައި ޖެހި އެކްސިޑެންޓުވެއްޖެ އެވެ.

ވީ ކިހިނެއް؟- މި މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އާއްމުވެފައިވާއިރު އެއިން ފެންނަނީ، ބާރު ސްޕީޑެއްގައި ގޮސް އެ ޕިކަޕް ފެންސްގައި ޖެހޭތަނެވެ. އަދި އެއާއެކު ޕިކަޕުން ދެ މީހަކު ފައިބާ، އެ އުޅަނދު ދުރުކުރާތަން ފެނެ އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހުއްޓެވެ.

ބުނީ ކީކޭ؟- މި ވީޑިއޯ އާއްމުވުމާއެކު ފުލުހުން މިރޭ ބުނީ ޕިކަޕް ދުއްވަން އިނީ 1ޮ8 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށެވެ. އޭގެ އިތުރުން:

  • ޕިކަޕް މިހާރު ވަނީ ޓޯކޮށްފައި

  • އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުން

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް