ހދ. ނޮޅިވަރަންފަރު
ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި
ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން
21 ޖެނުއަރީ 2025
1
ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި މީހަކު ހދ. ނޮޅިވަރަންފަރުން ހައްޔަރު ކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ފަތުރުވެރިޔާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ކަމަށެވެ.
ތަފްސީލް - މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުލުހުން ބުނީ އިއްޔެ މެންދުރު 2:45 ހާއިރު ނޮޅިވަރަންފަރުގައި ފަތުރުވެރިންނަށް ހާއްސަ ބީޗުގައި އިން ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް (1)
ވޮޗްމޭން