އެޗުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު: ކުންފުނީގެ ލިޔުންތަކެއް ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ފަޒުލްގެ މައްޗަށްކުރަނީ އެޗްޑީސީގެ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރަނީ އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބިންވެރިޔާ ސްކީމުން ބިން ނުލިބޭ ބަޔަކަށް ގޯތި ދޭން އެޗްޑީސީން މަސައްކަތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި ލިޔުންތަކަކާ ގުޅިގެން ފުލުހުން މައްސަލަ ބަލަމުންދާތީ ސަސްޕެންޑުކޮށްފައި ހުއްޓާ ފަޒުލް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ފަޒުލްގެ އެއްބަނޑު އެއްބަފާ ބޭބެ، އަދި މިހާރު ސަސްޕެންޑުކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ވެސް އޭގެ ތެރޭ ހިމެނެ އެވެ.
ތަފްސީލް - ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތަހުުގީގުގައި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަޒުލްއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.
"ފަޒުލްގެ މައްޗަށް ކުރަނީ އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަޒުލްއަށް ފުރުން މަނާކުރުމަށް ނެރުނު އަމުރު އަދިވެސް ދެމި އެބައޮތް ކަމަށެވެ.
އެނގުން މުހިއްމު - ފަޒުލް ދިރިއުޅޭ ގެއަށް ފުލުހުން ވަދެ، މިދިޔަ މަހުގެ 24ގައި ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަންގައި 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ފުލުހުން ހޯދި އެވެ.
އެއީ ލޯންޗު ދަތުރުގެ ހިދުމަތްދޭ ރިލެކްސް ފެރީ ސާވިސް އިން އެތަނުގެ ލޯންޗުތަކެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން ފައިސާ ކަމަށް ރިލެކްސް ފެރީ އިން ފަހުން ފޭސްބުކް ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ޝަތުރު ހަމަނުވާ ބަޔަކަށް ލިޔުން ފޯޖުކޮށްގެން ގޯތިން ދިން މައްސަލަތަކެއްގެ އިތުރުން ވިނަރެސް ފްލެޓު ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް (2)
ހިސްޓޯރިއަން
ނަނާހުވަފެން