ރާއްޖެއިން އަލަށް ފެނުނު މަސް، ރަކި ބުރެކި.

މުޅިން އަލަށް ފެނުނީ 'ރަކި' މަހެއް؛ ދިނީ ރަކި ބުރެކީގެ ނަން

މިއީ އާ ބާވަތެއްގެ މަހެއް ރާއްޖޭގެ ކަނޑުން ފެނުނު ދެ ވަނަ ފަހަރު. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ދުނިޔެއިން ކުރިން ނުފެންނަ ވައްތަރުގެ މަހެއް ފެނުނު

ކަނޑުފަޅުގެ ދިރާސާ ކުރާ ސައިންސްވެރިން ރާއްޖެއިން މުޅިން އާ ބާވަތެއްގެ މަހެއް ހޯދައިފި އެވެ. އެ މަހަށް ސައިންސްވެރިން ދިނީ 'ރަކި ބުރެކީ'ގެ ނަމެވެ.

އެނގުން މުހިއްމު - މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އާ ބާވަތެއްގެ މަހެއް ވަނީ ފެނިފަ އެވެ. ދަނބާ އާއިލާގެ އެ މަހަށް ނަން ދީފައިވަނީ، ދިވެހި ބަހެއް ވެސް ހިމަނައިގެން 'ކްރޯމިސް އަބަދަށް' އެވެ.

ވީ ކިހިނެއް؟ - ބޭރުގެ ސައިންސްވެރިންނާއި ރާއްޖޭގެ މެރިން ރިސާޗު އިންސްޓިޓިއުޓް ގުޅިގެން މިހާރު ކުރަމުން އަންނަ ކަނޑުފަޅުގެ ދިރާސާގައި އަލަށް ފެނުނު މަސް، މާހިރުން ބުނާ ގޮތުގައި، ވަރަށް 'ރަތްކެވެ.' ޑައިވަރުން ފެންނައިރަށް ފިލަ އެވެ. އެހެންވެ، ބުރެކި އެ އާއިލާގެ އެ ނަމަށް ނަން ދިނީ މަހުގެ އެ ސިފައާ ގުޅުވައިގެން 'ރަކި ބުރެކ'ީގެ ނަމުންނެވެ.

މެރިން ޖާނަލް މޯލްޑިވްސް އިން ބުނި ގޮތުގައި:

  • އެ މަސް ފެނިފައިވަނީ ކަނޑުގެ އަލި ފަނޑުވާ ހިސާބުން

  • އެއީ 100 މީޓަރާއި 125 މީޓަރާ ދެމެދުގެ ފުންމިން

  • މިއީ ދެތިން އިންޗިއަށް ބޮޑުވާ، ރީތި ކުލަތަކެއް ހުންނަ މަހެއް

ބުރެކި އާއިލާގެ މަސްތަކެއް ފަރުމަތީގައި: މިއީ އެކި ކުލަކުލައިގެ ރީތި މަސްތަކެއް

އެ ތަނުން ބުނި ގޮތުގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން އާ މަސް ރެކޯޑު ކުރެވިފައިވެ އެވެ. އޭގެ ތެރޭގައި އއ. އަތޮޅުން ފެށިގެން ދ. އަތޮޅު ދެކުނު ބުރީގެ ސަރަހައްދުތަކުގައި ހިމެނޭ ފަރުތަކުން މަސް ފެނުނެވެ.

މި މަސް މިހާތަނަށް ފެނިފައިވަނީ ހަމައެކަނި ރާއްޖޭން ކަމަަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް