އޮޅުވާލައިގެން، ޕާޓީ ބަދަލުކުރުމަށް ފޯމު ހުށަހެޅި މައްސަލައިގައި އެމްޑީޕީގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކުރަނީ (ފޮޓޯ/އެމްޑީޕީ)
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީ ގޮތުން މެދުކަނޑާލައިފި
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން، ވަގުތީ ގޮތުން މިހާރު މެދުކަނޑާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެނގުން މުހިންމު - އެތައް ބަޔަކަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން އެހެން ޕާޓީތަކުގެ ދަފްތަރުގައި މީހުން ޖައްސާފައިވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް، އޭނާއަށް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމް ބާތިލްކޮށްފަ އެވެ.
ވީ ކިހިނެއް؟- މި މައްސަލަ އިތުރަށް ބަލަމުން ގެންދާ ދަނޑިވަޅުގައި އިސީއިން ކުރި އިއުލާނެއްގައި ބުނީ:
-
ޕާޓީތަކަށް މީހުން ވެއްދުމަށް މިހާރު ބޭނުން ކުރަމުން އަންނަ 'ސިމެދަ ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅުން މި މަހު 30ގައި ހުއްޓާލަން ނިންމާފައިވާކަމަށް
-
އެކަން ކުރަނީ، ޕާޓީތަކަށް މެމްބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމަކަށް ބަދަލު ކުރުމަށް ކަމަށް ބުނި
-
ދެން އަލުން ފަށާނީ ފެބުރުއަރީ 15ގައި
އީސީއިން ބުނީ މި ހިދުމަތް މެދުކަނޑާލިޔަސް، 'މައި ޕޯޓަލް' މެދުވެރިކޮށް، ޕާޓީއިން ވަކިވުމުގެ ހިދުމަތް ކުރިއަށް ދާނެ ކަމަށެވެ.
އީސީން ބުނެފައި ވަނީ ޝަކުވާތަކާ ގުޅިގެން ޕާޓީއަށް މެންބަރުން ވެއްދުމަށް ހުށަހަޅާ ފޯމްތައް އިތުރަށް ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.