ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކޮރަޕްޝަން

ސްޓެލްކޯގެ ކުރީގެ އެމްޑީ، ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި

ސްޓެލްކޯގެ ކުރީގެ އެމްޑީގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކޮރަޕްޝަނުގެ މައްސަލައެއްގައި

މިދިޔަ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަހުމަދު ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟- އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އިއްޔެ އެވެ. 

ތަފްސީލު- ސްޓެލްކޯއަށް ހަތް މިލިޔަން ޑޮލަރުގެ ގެއްލުންވާ ގޮތަށް ބަދަލުދިނުމުގެ އެއްބަސްވުމެއްގައި ޝަރީފް ސޮއި ކުރެއްވި ކަމަށް ބުނާ މައްސަލައެއް އޭސީސީއިން މިހާރު އަންނަނީ ބަލަމުންނެވެ. އެކަމަކު ފުރުން މަނާކޮށް، ޕާސްޕޯޓު ހިފެހެއްޓީ އެ މައްސަލައާ ގުޅިގެން ކަމެއް އެތަނަކުން ނުބުނެ އެވެ.

އޭސީސީއިން ބަލަމުން އަންނަނީ، މިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަސްތަކުގައި، ޗައިނާގެ ކުންފުންޏަކަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު ދިނުމަށް ވި އެއްބަސްވުމަކާ ގުޅޭ މައްސަލަ އެވެ.

ސްޓެލްކޯގެ އިތުރުން ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް އޭސީސީއިން މިހާރު ދަނީ ބަލަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް