މަޖިލީހުގެ ޖަލްސާއެއްގައި ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ މަޖިލިސް)
އީސީގެ އެލާޓް ނިޒާމަށް ދިމާވި މައްސަލައެއް ހައްލުކޮށް، މެންބަރު ޒިޔާދު އަލުން އެމްޑީޕީއަށް ވައްދައިފި
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) 'ވަގަށް' ޕީއެންސީއަށް ވައްދާފައިވާކަން އެލާޓް ނުވީ އިދާރީ ގޮތުން ކުރެވުނު ގޯހަކުން ކަމަށާއި މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ޒިޔާދުގެ ނަން ޕީއެންސީގެ ދަފްތަރުގައި އޮތް ކަން އެނގުނީ މިއަދެވެ. ޒިޔާދު ޕީއެންސީއަށް ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ މަހު 23ގަ އެވެ.
މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ އީސީއަށް އެލާޓްވާނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް އެކަން ނުވެ އޮތުމުން ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ތަފްސީލް - މިކަން ހިނގި ގޮތް ސާފުކުރުމަށް ސުވާލު ކުރުމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ 'ދައުރު'އަށް ވިދާޅުވީ އެލާޓް ނިޒާމަށް ޒިޔާދު ޕާޓީ ބަދަލުކުރިކަން ނޭނގުނީ މަޖިލިސް އިންތިހާބަށް ފަހު ކުރީގެ މެންބަރުން އެލާޓް ނިޒާމުގައި ހިމަނާފައިވާ ލިސްޓުން އުނިކުރުމުން ކަމަށެވެ.
"މި މަޖިލީހަށް އިންތިހާބުވި މެންބަރުން ލިސްޓަށް ހިމެނުމަށް ފަހު ދެން ކުރީގެ މެންބަރުން އެއިން ނެގީ މި. އެހެން ހެދީމަ މި ވީ ގޮތަކީ ދެވަނަ ދައުރަކަށް ހޮވުނު މެންބަރުން ލިސްޓުން ވެސް އުނިވެގެން ދިޔައީ. ޒިޔާދުގެ ނަން ވެސް އުނިވީ. އެއީ އަޅުގަނޑުމެންނަށް އިދާރީ ގޮތުން ހެދުނު ގޯހެއް،" ހަސަން ތަފްސީލްކޮށްދެއްވި އެވެ.
މިފަދަ އެލާޓް ނިޒާމެއް އީސީން ގާއިމުކުރީ ކުރިން ވެސް މަޖިލިސް މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާ މައްސަލަތަކެއް ފާހަގަ ކުރެވިގެނެވެ.
ހަސަން މިއަދު ވިދާޅުވި ގޮތުގައި، އެއީ އީސީއަށް ލާޒިމުކޮށްފައި އޮތް ކަމަކަށް ނުވި ނަމަވެސް އެފަދަ ނިޒާމެއް ގާއިމުކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ އެތުރުމާއި ގޮނޑި ގެއްލުން ފަދަ ގާނޫނީ ސާފުވާން ޖެހޭ ކަންކަން ހުންނާތީ އެވެ.
"އަޅުގަނޑުމެންނަށް ގާނޫނަކުން ގަވާއިދަކުން ލާޒިމުކޮށްފައި އޮތް ކަމެއް ވެސް ނޫން. އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ބަދަލުކޮށްފިއްޔާ އަޅުގަނޑުމެންނަށް އެނގެން ޖެހޭނެތީވެ މީގެ ލިސްޓެއް މި ގެންގުޅެނީ ވެސް،" ހަސަން ވިދާޅުވި އެވެ.
ކޮމެންޓް (1)
ސަލާފް