ސްޓެލްކޯގެ ޓްރާންސްފޯމަރެއް ފަޅާލާ ގެއްލުން ދީފައި

ސްޓެލްކޯ

ހުޅުމާލޭ ފޭސް 2ގައި ހުރި ޓްރާސްފޯމަރުތަކަކަށް ގެއްލުން ދީފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ފާހަގަކުރެއްވި ގޮތުގައި ހައި ވޯލްޓޭޖު ޓްރާންސްފޯމަރުތަކަށް ގެއްލުން ދީފައިވަނީ ޓްރާންސްފޯމަރުތަކުގެ އޮޕަރޭޝަންތަކުގެ ފަންނީ މައުލޫމާތު އެނގޭ ބައެއް

ހުޅުމާލޭ ފޭސް ދޭއްގައި ސްޓެލްކޯ އިން ބަހައްޓާފައިވާ ހައި ވޯލްޓޭޖު ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްތުގައި ގެއްލުން ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަޔަކު ގަސްތުގައި ދިން ގެއްލުމުގެ ސަބަބުން ކަރަންޓު ފޯރުކޮށްދޭ ނެޓްވޯކަށް ގެއްލުންވެފައިވާ ކަމަށެވެ.

ތަފްސީލް - އޭނާ ފާހަގަކުރެއްވި ގޮތުގައި، ހައި ވޯލްޓޭޖު ޓްރާންސްފޯމަރުތަކަށް ގެއްލުން ދީފައިވަނީ ޓްރާންސްފޯމަރުތަކުގެ އޮޕަރޭޝަންތަކުގެ ފަންނީ މައުލޫމާތު އެނގޭ ބައެކެވެ.

ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުންނަނީ ބައުންޑަރީ ފާރެއްގެ އިތުރުން ޑަބަލް ލޮކްކޮށްފައިވާ އެންކްލޯޒާތަކާ އެކު އެވެ. ނަމަވެސް އެ ތަންތަނަށް ގެއްލުން ދިން މީހުން ގޭޓުތައް ފަޅާލައި ތަޅުތައް ހަލާކުކޮށްލާފައިވާ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވި އެވެ.

މިފަދަ ހައި ވޯލްޓޭޖު ޓްރާންސްފޯމަރުތަކާ ކުޅެހެދުމަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމެއްކަން ފަހުމީ ފާހަގަކުރެއްވި އެވެ. އެގޮތުން:

  • ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާއެއް ވުން 

  • ކަރަންޓުގައި ޖެހި މަރުުވުން ފަދަ ހިތާމަވެރި ހާދިސާއެއް

ސްޓެލްކޯގެ ހައި ވޯލްޓޭޖު ޓްރާންސްފޯމަރަކަށް ގެއްލުން ދިން މީހަކު ކަރަންޓުގައި ޖެހިގެން މިދިޔަ އަހަރު މަރު ވެސްވި އެވެ.

އެކަން ފާހަގަކުރައްވައި ފަހުވީ ވަނީ ޓްރާންސްފޯމަރުތަކާ ކުޅެހެދުމަކީ އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާނެ ކަމެއްކަން ހަނދާންކޮށްދެއްވައިފަ އެވެ. އަދި އެފަދަ ކަންތަކަށް އާންމުން ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް