ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ: އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދުމަށް އުސޫލު ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލުކުރަނީ
އީފާސް މެދުވެރިކޮށް އޮންލައިންކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ވަގު މެމްބާޝިޕް ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ މިދިޔަ ހަފްތާގެ ތެރޭގައި ވެސް ވަނީ ފެންމަތިވެފަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ މިއަދު 'ދައުރު'އަށް ވިދާޅުވީ ވަގު ފޯމު ހުށަހެޅުން ހުއްޓުވުމަށް ކުރަން ނިންމި ކަމެއް ކަމަށެވެ. ހަސަން ވިދާޅުވި ގޮތުގައި:
-
ޕާޓީތައް އުފެދުނީއްސުރެ ވަގު ފޯމު ހުށަހަޅާ މައްސަލަ ޖެހޭ
-
ފޯމުތަކަށް އެތައް ފީޗާއެއް އިތުރުކުރި ނަމަވެސް ވަގު ފޯމް ހުށަހެޅުން ނުހުއްޓޭ
-
އެހެންވެ ކުރިއަށް އޮތް ދެ މަސް ތެރޭ އީފާސް މެދުވެރިކޮށް ޕާޓީއަށް ވައްދާ ގޮތަށް އުސޫލުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން
"މިހާރު މި ހުށަހަޅަނީ ފިޒިކަލް ފޯމު. އެއަށް ބައިވަރު ފީޗާތައް އަޅުގަނޑުމެން އެޑްކޮށްފިން. އެކަމަކު ވަގު ފޯމުގެ މައްސަލަ ހައްލެއް ނުވޭ. އެހެންވެ މިހާރު އޮންލައިންކޮށް ބަޔޯމެޓްރިކޮށް ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު މިކުރަނީ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އީފާސް މެދުވެރިކޮށް ފޯމް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކުރަން މި މަސައްކަތް ކުރަނީ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އެންގުން މުހިންމު - އީސީން މިއަދު ބުނި ގޮތުގައި، ވަގު ފޯމް ހުށަހަޅައިގެން 300އެއްހާ ޝަކުވާ މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރުން ފެށިގެން މިދިޔަ ހަފްތާގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.
ކޮމެންޓް (2)
ފާޠިމަތު ފަޟީލާ
ލަޒީފާ