އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުން 'ވަގަށް' ޕީއެންސީއަށް ވައްދާ ކަމަށް ތުހުމަތުކޮށްފި

އެމްޑީޕީން ބުނި ގޮތުގައި، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވޭ

އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުން "ވަގަށް" ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ވައްދަމުންދަމުންދާ ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.

ވީ ކިހިނެއް؟- އިލެކްޝަންސްގެ ދަފްތަރުގައިވާ ގޮތުން 50،000 އަށް ވުރެ ގިނަ މެންބަރުންނާ އެކު މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަކީ އެމްޑީޕީ އެވެ. އެމްޑީޕީން މިއަދު ވަނީ ޕީއެންސީއަށް އެ ތުހުމަތު އަމާޒުވާ ގޮތަށް އެ ޕާޓީގެ މެންބަރުން ބަދަލުކުރާ ކަމަށް ތުހުމަތުކޮށް، އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - އެމްޑީޕީގެ ބަޔާނުގައި ބުނި ގޮތުގައި އެޕާޓީގެ މެންބަރުން ވަގަށް އެހެން ސިޔާސީ ޕާޓީތަކަށް އަދި ވަކިން ހާއްސަކޮށް ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާ ކަމުގެ ޝަކުވާ އެ ޕާޓީއަށް އަންނަނީ ލިބެމުންނެވެ.

"އެގޮތުން ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ،" އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާކަން މިކަމުން އެނގޭއިރު ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި މިކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދިޔުމަކީ ކަންބޮޑުވުމެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ރަސްމީކޮށް ހުށަޅާނެ ކަމަށެވެ. އޭގެ އިތުރުން ބަޔާނުގައި އިތުރަށް ބުނީ:

  • ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް

  • ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އީސީއަސް ގޮވާލަން

  • ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރައި ޕީއެންސީގެ މެމްބާޝިޕް ދަނީ އިތުރު ކުރަމުން؛ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައިވޭ

"އޭގެ އިތުރުން ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް" މުއަސައްސާތަކަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް