ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑެއް މާލޭގެ ކެފޭއެއް ބަހައްޓާފައި

ކަސްޓަމްސް

ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލިއްޖެ

ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުން
28 ޑިސެމްބަރު 2024

ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލިގެން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި ގެއެއްގައި ހަދާފައި ހުރި ވެއާހައުސްއަކުން ގެއްލިފައި ވަނީ 34،500 ކާޓޫނު ސިނގިރޭޓެވެ. އެ ސިނގިރޭޓުގެ އަގަށް މިހާރު ގެނެސްފައިވާ ބަދަލާ އެކު 7 މިލިޔަން ރުފިޔާއަށް ވުރެ ބޮޑުވާނެ އެވެ. 

މިކަމާ ގުޅޭގޮތުން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވެސް ސީދާކޮށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. 

އެކަމަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • މިކަން ހިނގާފައިވަނީ ގެއެއްގައި ހަދާފައި ހުރި ބޮންޑެޑް ވެއާހައުސްއެއްގައި ކަމަށް

  • އެކަމަކު ވެރިފަރާތުން އެތަން ދޫކޮށްލައި، އެތަނުގައި އެހެން މަސައްކަތެއް ކުރަމުން އަންނަ މައުލޫމާތު ކަސްޓަމްސްއަށް ލިބުމުން އެކަން ވަނީ ބަލާފައި

  • އަދި ވެއާހައުސްގައި ހުރި ކަމަށް ކަސްޓަމްސްގެ ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވި

"މިކަން ހިނގި ގޮތް ބަލައި، ގާނޫނީ ފިޔަވަޅު އެޅުމަށް، ކަސްޓަމްސް އާއި ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ސިނގިރޭޓު ގެއްލުނު ގޮތާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއްވައި މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި މާލޭގެ އެކި ގޭގެ އާއި އެޕާޓްމަނެޓުތަކުގައި ޒަމާންތަކެއް ވަންދެން އައީ ބޮންޑެޑް ވެއާހައުސްތައް ހިންގަމުންނެވެ. އެތަންތަނުގައި ދެ ތަޅު ހަރުކޮށް، އޭގެ ތަޅުދަނޑި ބަލަހައްޓަނީ، އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމްސް އިންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • މި ގޮތަށް ގޭގެތަކުގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތެއް ނޫން

  • އެހެންވެ، ސަރުކާރުން މިހާރު ވަނީ މި ފަދަ ބޮންޑެޑް ވެއާ ހައުސްތައް ދެން ހިންގޭނީ، ހަމައެކަނި ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ތަންތަނުގައި އެކަނި ކަމަށް ކަނޑައަޅާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް