ރާއްޖެ ސަރަހައްދަަށް ވަދެ އުޅުނު ބޯޓު ފެންނަ ޑްރޯން ފޮޓޯއެއް

އެމްއެންޑީއެފް

ބޭރުގެ މަސް ބޯޓެއް އަނެއްކާ ވެސް ޑްރޯނުން ހޯދައިފި

މިދިޔަ މަހު ވެސް ޑްރޯނުގެ އެހީގައި ވަނީ ބޯޓެއް ހޯދާފައި
26 ޑިސެމްބަރު 2024

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓެއް، އެމްއެންޑީއެފް ޑްރޯންގެ އެހީގައި ހޯދައިފި އެވެ.

ވީ ކިހިނެއް؟- އެމްއެންއެޑީއެފުން ބުނިގޮތުގައި 'އެއާ ކޯ ޑްރޯން' އަށް ބޯޓު ފެނުނީ، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ ބޯޓު މިހާރު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފުން ވަނީ މިދިޔަ މަހު ވެސް ރާއްޖެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު ބޯޓެއް، ޑްރޯނުގެ އެހީގައި ހޯދާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް