ފެނަކަ ކޯޕަރޭޝަނުން 8 ނޮވެމްބަރު 2023 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ކޮރަޕްޝަން

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ސައީދުގެ އިތުރުން ޕްރޮކިއުމަންޓް ހެޑް ދީނާ ސޯލިހުގެ މައްޗަށް ވެސް ދައުވާ ކުރުމަށް ވަނީ ފޮނުވާފައި
26 ޑިސެމްބަރު 2024
1

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އިތުރު ވެރިއެއްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ވީ ކިހިނެއް؟- ސައީދުގެ އިތުރުން، އެތަނުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާ ސޯލިހުގެ މައްޗަށް ކުރަނީ މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމެންޓް ކުންފުންޏެއް ކަމަށްވާ، ބްލޭޒަން އިންކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ތުހުމަތެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނާގޮތުގައި:

  • ފެނަކަ އާއި ބްލޭޒަން އިންކްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރު

  • އެކަމަކު ބްލޭޒަން އިންކް އިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށްވާ ފައިސާ ކުންފުންޏަށް ދޫކޮށްފައިވޭ

މި ތުހުމަތުގެ ދަށުން އެ މީހުންގެ މައްޗަށް ކުރަނީ:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ 

  • އޭގެ އަދަބަކީ އޭގެ އަހަރާއި ހަތް މަސްދުވަހަށް ޖަލަށްލުން

ޕީޖީ އޮފީހުން ބުނިގޮތުގައި ވެރިންގެ މި އަމަލުގެ ސަބަބުން، ކުންފުންޏަށް، 848،000 ރުފިޔާގެ ގެއްލުން ވަނީ ލިބިފަ އެވެ.

އެނގުން މުހިއްމު- މިދިޔަ ސަރުކާރުގެ ދައުރު ހަމަވި އިރު، ސައީދު ހިންގެވި ފެނަކައާ ގުޅޭ 75 ކޮރަޕްޝަނުގެ މައްސަލައެއް ދިޔައީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް (1)

ޞައްދާމު

27 ޑިސެމްބަރު 2024
ކުށްވެރިންނަށް އަދަބު ދޭން ޖެހެއެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް