ރާއްޖޭގައި 2018 ގައި އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ގުނަނީ: މަޖިލިހުގެ ބައި އިލެކްޝަނަކަށް މިހާރު ވަނީ އިއުލާންކޮށްފައި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ

އިންތިހާބަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މި މަހު 30 ވަނަ ދުވަހުގެ މެންދުރު ފަހު 3:00

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމާ އެކު ހުސްވި ގޮނޑީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލާ ގޮތަށް ހަމަޖައްސައި އެކަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ. 

އެނގުން މުހިންމު - ދޮޅު އަހަރެއްހާ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ހުސައިން އަވަހާރަވީ އިއްޔެ ރޭ ފަތިހު އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން:

  • މެންބަރެއްގެ ގޮނޑި ހުސްވުމުން، ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވިއްޖެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަން ޖެހޭ

  • އަދި ކުރިމަތިލުމަށް 14 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ

ތަފްސީލު - އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މާދަމާ ހެނދުނު 8:30އިން ފެށިގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ. ކުރިމަތިލުމުގެ ސުން ގަޑިއަކީ، މި މަހު 30 ވަނަ ދުވަހުގެ ހަވީރު 3:00 އެވެ.

އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ 5 ފެބްރުއަރީ 2022 އެވެ.

މެންބަރަކަށް ކުރިމަތިލުމުގެ ޝަރުތުތައް:

  • 1-

    ދިވެހި ރައްޔިތަކަށް ވުން

  • 2-

    ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން

  • 3-

    މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށް ވުން

  • 4-

    އުމުރުން 18 އަހަރު ފުރިފައިވުން

  • 5-

    ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން

ފަސްމަންޒަރު - މެންބަރު ހުސައިން އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، އޭޑީކޭ ހޮސްޕިޓަލުގަ އެވެ. މިދިޔަ އަހަރުގެ ބޮޑު ބައެއްގައި ހުސެއިން ގެންދެވީ ދުބާއީން ފަރުވާ ހޯއްދަވަމުންނެވެ. 

މަޖިލީހުން ވަނީ ހުސެއިންގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފަ އެވެ. އެ ރަސްމިޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އޭނާއާ ގޮތުން ހެޔޮ ވާހަކަ ދައްކައި، ތައުރީފްކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް