ކުރިން ބަންޑާރަނައިބުކަން ކުރެއްވި އާޒިމާ ޝަކޫރު އާއި ދިޔާނާ ސައީދު.

އިމިގްރޭޝަން

ފްރާންސްގެ އާއިލާއަށް ކުރީގެ 2 ބަންޑާރަނައިބުން ގާނޫނީ އެހީ ދެނީ

ފްރާންސްގެ ދެމަފިރިއަކާއި އެ މީހުންގެ ދަރިއަކު ރާއްޖެ އެތެރެވީ މީގެ 12 އަހަރު ކުރިން ޓޫރިސްޓު ވިސާއަކުން
18 ޑިސެމްބަރު 2024
11

ފްރާންސްގައި އުޅެން ދަތި ކަމަށް ބުނެ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ އެ ގައުމުގެ މުސްލިމު އާއިލާއަށް ގާނޫނީ އެހީތެރިކަން ދިނުމަށް ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ ދިޔާނާ ސައީދާއި އައިޝަތު އާޒިމާ ޝަކޫރު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ފްރާންސްގެ ދެމަފިރިއަކާއި އެ މީހުންގެ ދަރިއަކު ރާއްޖެ އެތެރެވީ މީގެ 12 އަހަރު ކުރިން ޓޫރިސްޓު ވިސާއަކުންނެވެ. ނަމަވެސް ވިސާ އާނުކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުން މިހާރު އިތުރު ދެ ދަރިން ވެސް ތިބެ އެވެ.

އެ މީހުން މި ވަގުތު ތިބީ ތ. ވޭމަންޑޫގަ އެވެ.

ތަފްސީލް - ދިޔާނާ އަދި އާޒިމާ ވެސް ވަނީ ސޯޝަލް މީޑިއާގައި އެ އާއިލާއަށް ގުޅޭނެ ގޮތް ހޯދުމަށް އެދިވަޑައިގެންފަ އެވެ. އަދި މިހާރު ގުޅޭނެ ގޮތް ވެއްޖެ ކަމަށް ވެސް އާޒިމާ ފޭސްބުކްގައި ވިދާޅުވެފައިވެ އެވެ.

ދިޔާނާ މިއަދު 'ދައުރު'އަށް ވިދާޅުވީ އެ އާއިލާގެ ދެ ކުދިންނަކީ ރާއްޖެއަށް އުފަންވެ ރާއްޖޭގައި އުޅެ ބޮޑުވެ ރާއްޖޭގެ ސަގާފަތް ދަންނަ ދެ ކުދިން ކަމަށްވާތީ މިއީ އޭނާ އާއި އާޒިމާގެ ޝައުގުވެރިކަން އޮތް މައްސަލައެއް ކަމަށެވެ. އަދި ވީހާ ވެސް އަވަހަށް އާއިލާއަށް ގުޅި، ގާނޫނީ އެހީތެރިކަން ދޭން ޖެހޭނަމަ ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިންޓްރެސްޓް އެބަ އޮތް މި ކޭސްއަށް. އެ އާއިލާއަށް އަޅުގަނޑުމެން މި ދަނީ ކޮންޓެކްޓް ކުރުމަށް މަސައްކަތް ކުރުމުން. އަދި ދޭން ޖެހޭ ކޮންމެ އެހީއެއް، ގާނޫނީ އެހީތެރިކަން ދޭން ޖެހޭ ނަމަ އެ ކަންކަން ފޯރުކޮށްދޭން ވެސް ނިންމާފައިވޭ،" އޭނާ ވިދާޅުވި އެވެ.

އާޒިމާ 'ދައުރު'އަށް ވިދާޅުވީ އާއިލާ ފުރުވާލުމުގެ ކުރިއަށް އެ ފަރާތްތަކުން ފާހަގަކޮށްދޭ ގާނޫނީ ނުކުތާތަކަށް ސަރުކާރުން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މީހުން މި ވަގުތަށް ފުރުވައިލުން މަޑުޖައްސާލައި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަށް ވަކާލާތު ކުރުމަށް ވަގުތު ދިނުމަށް ސަރުކާރުގައި އިލްތިމާސްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުދެކެން އެ މީހުން ފޮނުވާލެވެން ވާނެ ކަމަކަށް، ރާއްޖޭގައި އުފަންވެ ދިވެހި ބަހުން ވާހަކަ ދައްކާ، އެހެން ބަހަކުން ވާހަކަ ދައްކަން ނޭނގޭ ކުދިންތަކެއް، އެ އާއިލާ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ފޮނުވައިލެވިގެން ނުވާނެ. އަޅުގަނޑުމެން އިލްތިމާސްކުރަން އަޅުގަނޑުމެންގެ ހުރި ގާނޫނީ ނުކުތާތަކަށް ފުރުސަތު ނުދީ، ފޮނުވައިނުލަން،" އޭނާ ވިދާޅުވި އެވެ.

ފަސްމަންޒަރު - އިމިގްރޭޝަނުން ބުނެފައިވަނީ ފްރާންސްގެ އާއިލާއިން ވެސް އެދެނީ ރަށްވެހިކަން ނުދެވޭ ނަމަ އެ މީހުން ފުރުވާލުމަށް ކަމަށެވެ. އަދި ފުރައިގެން ދާންވީ ގައުމެއް ވެސް ރާއްޖޭން ނާންގާނެ ކަމަށް ބުންޏެވެ.

ރަށްވެހިކަމަށް އެދުނު ނަމަވެސް ގަވާއިދާ ހިލާފަށް އުޅުނު އާއިލާއަށް ރަށްވެހިކަން ނުދެވޭނެ ކަމަށް ވެސް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް (11)

ބޮއިހަލާކު

19 ޑިސެމްބަރު 2024
ހަމުން ދޮންވީމަ އެ އާއިލާއަށް ހިމާޔަތްދޭން ދިވެހިން މި ގޮވަނީ. އެ އާއިލާއަކީ ބަންގްލަދޭޝް ނުވަތަ އިންޑިއާ ފަދަ ގައުމަކަށް ނިސްބަތްވި އާއިލާއެއް ނަމަ ދިވެހީން ގޮވާނެ ވަގުތުން ރާއްޖެއިން އެމީހުން ބޭރުކުރަން. ދިވެހީންނަކީ އަސްލުވެސް ރޭސިސްޓް ވިސްނުމެއްގެ ބައެއް.
3 0

ކުމާރީ

18 ޑިސެމްބަރު 2024
އާޒިމާގެ ފަރާތުން އެމްއައިބީ އިން ހޯދަން އުޅޭ ލާރި އާ ގުޅޭ ކޭސް އަށް ތިޔަ ދެމީހުން ޝައުގު އިތުރު ކުރިއްޔާ މާ ރަނގަޅު ވާނެ.
2 2

މޮޔަނުވޭ

18 ޑިސެމްބަރު 2024
މިތާއުޅެވޭނީ މިތާމީހުންނާ ގުޅިގެން. މިތަނުގެ މުޖުތަމައުއާ ގުޅުމެއްނުބާއްވާ ބަޔަކު އަމުދުން ގާނޫނުތަކާހިލާފަށްއުޅުމުން ކުށްވެރިވެފައިވާ ބަޔަކަށް ހައްގުތަކެއް ހޯދަދޭން އުޅޭކަންނުޖެހެ. އަމިއްލަ މިގައުމުގައި ހައްގުގެއްލިފައިތިބި ކިތައްމީހުން އެބަތިބިތަ. ވިސާގެއިތުރަށް އެއްމެދުވަހަކު ހުއްޓަސް އެހެންގައުމެއްގައިނަމަ މިހާރު ތިބޭނީ ޖަލުގައި.
1 5

ޝުހާ

19 ޑިސެމްބަރު 2024
@މޮޔަނުވޭ ކޮން ގުޅުމެއް ނުބާވައިގެން ތިބުނަނީ. މުސްލިމު ކަމާއި އަޚްވަންތަކަމުގެ ގުޅުން އެބައޮތް މި ބިމުގައި އުފަންވެ، ވާހަކަ ދައްކާ ދިވެހި ދަރިންތަކެއް އެބަހުރި މުސްލިމުންގެ އަޚްލާޤު ގައި ދިރިއުޅެނީ ދެން ކޮން ގުޅުމެއް ނެތީ؟ ކޮންމެ ގޮތެއްވިއަސް މިކަން ހިނގާ ޚާއްސަ ހާލަތަކަށް ގޮސްފަ މިއޮތީ. މުސްލިމަކަށް ވެގެން ލިބޭ އަނިޔާއެއްގެ ދަށުން ސަލާމަތްވާން މިހިސާބަށް ފޯރާފައިވާތީ ރާއްޖެ އިން އަމާންކަން ދިނުން އެންމެ ރަގަނޅުވާނީ
0 0

ތަބޮޑު ގަމާރު

18 ޑިސެމްބަރު 2024
މުސްލިމް އާއިލާ އަކަވޭމަ . އަހަރުން މުސްލިމުން އަކީ އެއް އާއިލާ އެ. އެހެން ވީމަ އެއް އީ އަހުރުމެން ގެ ބޭބެ އާއި ދަތްތަމެން.. އެމީހުން ހުރެގެން ވީ ގެލުމެނެއް އެންވީމަ ބުރޯ ޔައް ކީި އެމީހުން މިތާހުރެގެން . # ގަމާރު ދިވެސެއެއް ތީ
3 4

ބޯހަލާކުކު

18 ޑިސެމްބަރު 2024
@ތަބޮޑު ގަމާރު ފުރަތަމަ ކުލާހަކަށްގޮސް ފިއްޔާ ސުކުނާ ދަސްކޮށްބަލަ. އޭގެ ފަހުން ކޮމެންޓް ކުރާނީ. ބޯހަލާކު
0 3

ޖާބެ

18 ޑިސެމްބަރު 2024
@ތަބޮޑު ގަމާރު މަބުނީ ރާއްޖޭގައި އުޅޭހިތްވަންޏާ ކާކުކަން ނޭންގޭގޮތަށް މޫނުބުރުގާ އަޅައިގެނެއް ރާއްޖޭގައި އުޅެވިގެނެއްނުވާނޭ. ބުރުގާނަގާ ދިވެހިވަންތަކަމާއި' ދިވެހި ޤައުމިއްޔަކަށް ރައީސް އިސްކަންދެއްވާނޭކަމަށް ޤަބޫލުކުރެވެއޭ.
0 4

ޏާއްކޮ

19 ޑިސެމްބަރު 2024
@ޖާބެ އަނެއްކާ އަނެއް މޮޔަ. ދިވެހި އަންހެނުންގެ ކިތައް މީހުން މޫނު އަޅާކަން އެނގޭތަ؟ ޓޮޕާ ސްކާޓާ ލެވެންޏާ އަހަރެމެން މޫނުވެސް އަޅާނަން. މުސްލިމު އަންހެނުންގެ ފޮރުވިފަ ހުރި މޫނު ބަލަން އުޅޭނެ ކަމެއް ނެތް ގައުމިއްޔަތޭ ކިޔައިގެން
1 0

ގަމާރު ދިވެހިންގަނޑު

18 ޑިސެމްބަރު 2024
އެެހެން ބަހަކުން ވާހަކަ ދައްކަން ނޭނގުމަކީ އަހަރުމެންގެ މައްސަލައެއް ނޫން. އެމީހުންނަކާއި ރަށު މީހުންނަކާއި މާ ބޮޑު ގުޅުމެއް ނޯވޭ. ކިހިނެތްވެގެން އުޅޭ ބައެއްތަ މީ ދެން. ފްރާންސް ވީމަތަ އެމީހުން ފޮނުވާލަން މާ ދެކޮޅު ވެގެން ތިއުޅެނީ. އެހެން ގައުމެއްގެ މީހެއްނަމަވެސް ހަމަ ތިހެންތަ އުޅޭނީ.
6 5

ދިވެއްސެއް

18 ޑިސެމްބަރު 2024
@ގަމާރު ދިވެހިންގަނޑު ފްރާންސް އަކީ މުސްލިމުންނަށް ވަރަށް ހެޔޮ އެދޭ ތަނެއް ކަމަށްތަ ހީކުރީ؟ ދީނަށް އުޅެން ދަތިވެގެން އިސްލާމީ ޤައުމަކަށް އައީމަ އަނބުރާ އެކޮޅަށް ފޮނުވާލުން މީތޯ ދީނަށް ލޯބިކުރާ މީހުން ކަންކުރާނެ ގޮތަކީ؟
2 0

ދިވެހިންގަނޑު

18 ޑިސެމްބަރު 2024
@ދިވެއްސެއް ހަމަ މީހަކު އައިސް ދީނަށް އުޅެވެން ނެތޭ ބުނީމަ ކަމުގެ ދެކޮޅުވެސް ނުބަލާ ހަމަ ރަށްވެހިކަން ދޭންވީދޯ. ބޯހަލާކު
0 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް