ފުއާދު ތައުފީގަށް ތައިލެންޑު ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
ތައިިލެންޑު ސަފީރަކަށް ފުއާދު އައްޔަންކުރައްވައިފި
ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު ތައުފީގު މިއަދު އައްޔަންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލް - މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމު ވެސް އަދާކުރެއްވި ފުއާދު، ތައިލެންޑު ސަފީރަކަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ފުއާދުގެ ދައުރު މިދިޔަ 23 ނޮވެމްބަރުގައި ހަމަވި އިރު، ތައިލެންޑު ސަފީރަކަށް އައްޔަންކުރައްވަންދެން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
ކޮމެންޓް (1)
ޙަސީބުގެ އައްޕަ