ފުލުހުންތަކެއް މަގުމަތީގައި (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ގޭންގު ކުށްތައް

މަޖިލީހަށް ބިލު ފޮނުވީ ގޭންގު މީހުން ނިންމާ ކޮމިޓީ އުނިިކޮށްފައި

ހޯމް މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވި ބިލެއް މީގެ ކުރިން އާންމުވި؛ އޭގައި ގޭންގު ލީޑަރުންނާއި މެންބަރުން ކަނޑައެޅުމުގެ ބާރު ލިބޭ ފަސް މީހުންގެ ކޮމިޓީއެއް އޮތް
12 ޑިސެމްބަރު 2024

ގޭންގު ކުށްތައް ހުއްޓުވަން ހޯމް މިނިސްޓްރީން އެކުލަވާލި ބިލުގައި ހިމެނޭ ގޭންގު ލީޑަރުންނާއި މެންބަރުން ކަނޑައެޅުމުގެ ބާރު ލިބޭ ފަސް މީހުންގެ ކޮމިޓީގެ ބައި ނުހިމަނައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅައިފި އެވެ.

ކަމުގެ ފެށުން - ހޯމް މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވި ބިލެއް މީގެ ކުރިން އާންމުވި އެވެ. އެއީ މިނިސްޓްރީން އެކުލަވާލި ބިލެއް ކަން ސަރުކާރުގެ އެކި އޮފިޝަލުން މީގެ ކުރިން ޔަގީންކޮށްދެއްވި އެވެ.

އޭގައި ބުނާ ގޭންގު ލީޑަރުންނާއި މެންބަރުން ކަނޑައެޅުމުގެ ބާރު ލިބޭ ކޮމިޓީގައި ހިމެނެނީ:

  • 1-

    ހޯމް މިނިސްޓަރު

  • 2-

    ޕޮލިސް ކޮމިޝަނަރު

  • 3-

    ޗީފް އޮފް ޑިފެންސް ފޯސް

  • 4-

    ފުލުހުންގެ އިންޓެލިޖެންސް ވެރިޔާ

  • 5-

    ސިފައިންގެ އިންޓެލިޖެންސް ވެރިޔާ

ވީކިހިނެއް؟ - 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމާ ބެހޭ ބިލް' ނަމުގައި ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ބިލެއް ހުށަހެޅުއްވި އެވެ.

ތަފްސީލް - ސަރުކާރުން ފޮނުވި ބިލުގައި ހިމެނެނީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތައް ހޯދުމަށް އާންމު އުސޫލުން ތަހުގީގެއް ހިންގާ ގޮތަށެވެ. ތަހުގީގުކޮށްގެން ކުށްކުރާ ގްރޫޕެއްކަން ނުވަތަ ވަކި މީހަކީ ކުށް ކުރާ ގްރޫޕެއްގެ މީހެއް ކަން ސާބިތުކުރަން ޖެހެނީ ހެއްކާ އެކު އެވެ. 

ސަރުކާރުން ބިލު ފޮނުވީ ބިލު ފާސްކޮށް ތަސްދީގުކޮށްފި ނަމަ މިހާރު އަމަލުކުރަމުންދާ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު އުވިގެންދާ ގޮތަށެވެ.

ހައްގުތައް ހަނިކުރަން ވެސް ބަދަލުތަކެއް

ހޯމް މިނިސްޓްރީން އެކުލަވާލި ބިލާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ދެން އޮތް ކަމަކީ ކުށުގެ ތުހުމަތުވާ މީހަކަށް ގާނޫނުން ލިބިދޭ ބައެއް ހައްގުތައް ހަނިކުރެވޭ ގޮތަށް އޮތުމެވެ.

ނަމަވެސް ސަރުކާރުން މަޖިލީހަށް ފޮނުވި ބިލުގައި އެއިން ގިނަ ކަންކަން ހުރީ އުނިކޮށްފަ އެވެ.

ވަކީލެއްގެ ހައްގު ހިފެހެއްޓޭ ގޮތަށް ހުރި މާއްދާތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެ ގޮތުން:

  • ކުރިން އޮތީ ހައްޔަރުކުރާ ހިނދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ވަކީލާ އެކު ވަކިން ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް

  • މިހާރު އެކަހެރި ބައްދަލުވުން ހިފެހެއްޓެނީ 48 ގަޑިއިރަށް ނުވަތަ ދެ ދުވަހަށް؛ ސަބް އިންސްޕެކްޓާއިން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިފައިވާ ލިޔުމެއް ބޭނުންވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް