މަހުމޫދުގެ މަރާލިކަމަށް އެއްބަސްވެފައިވާ ސާލިމް: އޭނާގެ މައްޗަށް ދެ ދައުވާއެއް ވަނީ ކޮށްފައި. (ދައުރު ފޮޓޯ)

މަހުމޫދުގެ މަރު

ސާލިމަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފި؛ ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައިވޭ

އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ޝާ އަލޮމް މިއާ (ސާލިމް)އަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން އިއްޔެ ކޯޓުގައި އުފުލައިފި އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާއަށް މަރުގެ ހުކުމް އަންނާނެ އެވެ.

ވީ ކިހިނެއް؟ - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، އެ މައްސަލައިގައި އޭނާއަށް ދެ ދައުވާއެއް ކުރުމަށް އިއްޔެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ:

  • ގަސްތުގައި މީހަކު މެރުމުގެ ދައުވާ 

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ

ތަފްސީލު - ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާލިމްގެ މައްޗަށް ކުރަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްހި ގެންގުޅުން މަނާކުުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މައްދާގެ (ނ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ:

  • ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލައި މީހަކު މަރައިފިނަމަ ގަސްދުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެ

  • އެ އަމަލު ކުރި މީހެއްގެ ކުށުގެ އަދަބަކީ މަރުގެ އަދަބު

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުރަނީ، ގާނޫނުލް އުގޫބާތުގެ 636 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެ މައްދާގައި ބުނަނީ:

  • ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހިންގާ އަމަލު ފިޔަވައި، މައްޔިތާއާމެދު މީހަކު ހިންގާ އަމަލަކުން އެ މައްޔިތާ ނިސްބަތްވާ އާއިލާގެ މީހުންގެ ތެރޭގައި ނަފްރަތު އުފެދޭނެކަމަށްވާ ނަމަ، އެ މީހާ އެކުރަނީ ކުށެށް

  • އެއީ ޖުނަހުގެ ދެ ވަނަ ދަރަޖައިގެ ކުށެއް

  • އަސާސީ މިންގަނޑުން ބަލާނަމަ ކުށުގެ އަދަބަކީ، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް

އެނގުން މުހިންމު - މިދިޔަ އޮކްޓޯބަރު މަހުގެ 14ގައި މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ ދަނގެތީގެ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއިންނެވެ. މަހްމޫދު މަރާލިކަމަށް ސާލިމް ވަނީ ތަހުގީގުގައި އިއުތިރާފުވެފަ އެވެ. އަދި އޭނާ އެކަން ކޮށްފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށް ތަހުގީގަށް އޭނާ ވަނީ ކިޔައިދީފަ އެވެ. މަހުމޫދު މަރާލީ ސާލިމް ދިރިއުޅޭ "ނެދުންގެ"އަށް ގެންގޮސް ވަޅިން ހަމަލާދީގެންނެވެ. 

ކޮމެންޓް (1)

އައްޔަ

15 ޑިސެމްބަރު 2021
ވީހާވެސްއަވަހަތްކަތްސަރީއަތްނިއްމާ ހުކުމްތަމްފީޒުކުރަންޖެހޭ ވަރަތްއިހާނެތިގޮތަކަތްމަރާލާފަތިވަނީ ވީމާ ވީހާވެސްއަވަހަކަތް ސަރީއަތްނިއްމާ ހުކުމްތަމްފީޒުކުރަންވީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް