ހުޅުމާލޭ ފަޅު ތެރޭގައި ބަޔަކު ޑިންގީއެއްގައި: ހުޅުމާލޭ ފަޅު ތެރޭން މަރުވެފައި އޮތް މީހަކު ރޭ ވަނީ ފެނިފައި (ދައުރު ފޮޓޯ)
ހުޅުމާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މަޑުއްވަރީ މަސްވެރިއެއް
ހުޅުމާލޭ ފަޅުތެރޭގައި މަރުވެފައިވާ އޮއްވާ އިއްޔެ ފެނުނީ މ. މަޑުއްވަރިއަށް ނިސްބަތްވާ މަސްވެރިއެއްކަން އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާ މޫދުން މަރުވެފައި އޮއްވާ ފެނިފައިވަނީ، މަޑުއްވަރީ ކޮކޮނަޓްވިލާ، އިބްރާހިމް ޖިނާހު، 36 އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި ޖިނާހަކީ ކަންނެލި ދޯންޏަކުން މަހަށް ދާ މީހެކެވެ. އެގޮތުން:
-
އޭނާ މަރުވެފައި އޮއްވާ ފެނުނު ދުވަހުގެ ކުރީ ރޭ ވެސް، ދޯނީގައި ހުރެފައި، މަސްވެރިކަމާ ގުޅުން ހުރި ބައެއް މައުލޫމާތު ހޯދުމަށް މަޑުއްވަރީ މީހުންނަށް ގުޅިކަމަށް އެނގިފައިވޭ
"އޭނާ މަހަށް ދަނީ އެހެން ރަށެއްގެ ދޯންޏަކުން. މި ރަށުގައި ވެސް ނޫޅޭތާ ޒަމާންތަކެއް ވެއްޖެ،" މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ނިޝާމް ވިދާޅުވި އެވެ.
ޖިނާހު މަރުވީ ކިހިނެއްކަމެއް އަދި އޭނާއަކީ ބައްޔެއް ހުންނަ މީހެއް ކަމެއް އަދި ނޭނގެ އެވެ. ކައުންސިލުން ބުނީ މަރުވި މީހާގެ އާއިލާއާ ވާހަކަ ނުދެއްކޭތީ އިތުރު ތަފްސީލު އަދި ސާފު ނުވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ މަރުވި ގޮތް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.