އައްޑޫ މަރަދޫފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިފައި: އެ ގޭ މީހުން ވަނީ އެހެން ގޭގެއަށް ބަދަލުވެފައި (ފޮޓޯ/އެންޑީއެމްއޭ)
ގަދަ ވައިގައި އައްޑޫގެ ފަސް ގެއެއްގެ ފުރާޅު އެއްލާލައިފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑުއަށް ވައި ގަދަވެ ފަސް ގެއެއްގެ ފުރާޅު މިއަދު އެއްލާލައިފި އެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ވީ ކިހިނެއް؟ - ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އަދި އެމްއެންޑީއެފްއިން ވެސް ވަނީ ފުރާޅު އެއްލައިލި ގެތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ތަފްސީލް - އެންޑީއެމްއޭއިން ބުނީ އޭގެ ތެރެއިން މަރަދޫފޭދޫގައި ފުރާޅު އެއްލާލި ގޭގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެންޑީއެމްއޭ އިން ބުނީ:
-
އެ ގޭގައި 13 މީހުންނާއި 12 އަހަރުން ދަށުގެ ހަތަރު ކުދިން އުޅޭ
-
އެ ހާދިސާއާ ގުޅިގެން އާއިލާގެ އެހެން ގޭގެއަށް ވަގުތީީ ގޮތުން އެ އެންމެން ވަނީ ބަދަލުވެފައި
މަރަދޫފޭދޫގެ އެގޭގެ އިތުރުން މަރަދޫގެ ގެޔަކާއި ފޭދޫގެ ދެ ގެ އާއި ހުޅުދޫގެ ގެއެއްގެ ފުރާޅު ވަނީ ގަދަ ވައިގައި އެއްލައިލައިފަ އެވެ.
އެމްއެންޑީއެފްއިން ބުނީ އެ ފަސް ގޭގެ ފުރާޅު ހަދަން އެހީތެރިކަން ދީފައިވާ ކަމަށެވެ.
ކޮމެންޓް