އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުއާދު ތައުފީގު

މިއަދަކީ އިލެކްޝަންސް ކޮމިޝަނުގައި ފުއާދުގެ ފަހު ދުވަސް

ސިޔާސީ ގޮތުން ރާއްޖެ އެންމެ ހަލަބޮލި ދުވަސްވަރު އީސީގެ މެމްބަރުކަމުގައި އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި
23 ނޮވެމްބަރު 2024

މިއަދަކީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމުގައި ފުއާދު ތައުފީގުގެ އެންމެ ފަހު ދުވަސް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އީސީގެ މެމްބަރު ކަމަށް ފުއާދު އައްޔަންކޮށްފައިވަނީ 24 ނޮވެމްބަރު 2019ގަ އެވެ. އޭގެ ފަހުން، 2021 ވަނަ އަހަރު ވަނީ އީސީގެ ރައީސްގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ. ދައުރު ހަމަވެ، ކޮމިޝަނާ އަލްވަދާއު ކިޔުއްވާއިރު ވެސް ހުންނެވީ އެ މަގާމުގަ އެވެ. 

ތަފްސީލް - ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ޕާޓީތަކާ އެކު ރާއްޖެ ފަށައިގެން ދަތުރުގައި ގިނަ ތަޖުރިބާތަކެއް ފުއާދު ވަނީ ކުރައްވާފަ އެވެ. ހާއްސަކޮށް، ސިޔާސީ އެންމެ ހަލަބޮލި ދުވަސްވަރު އިލެކްޝަންސް ކޮމިޝަންގެ މަސައްކަތުގައި ދެމި ހުންނެވި އެވެ.

ފުއާދު މިއަދު ވަނީ، އޭނާގެ މަސައްކަތުގައި އެއްބާރުލުން ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަކޮށް ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުން ކުރި އިތުބާރަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އެނގުން މުހިއްމު - ފުއާދު ވަނީ މީގެ އަހަރުތަކެއް ކުރިން ވެސް އީސީގެ ރައީސްކަން ކުރައްވާފަ އެވެ. އެގޮތުން:

  • 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރު ކޮމިޝަންގެ ރައީސަކީ އޭނާ 

  • ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ފުއާދުގެ މައްޗަށް މައްސަލައެއް ބަލައި އޭނާ ވަނީ މަގާމުން ދުރުކޮށްފައި 

  • އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އަލުން ފުއާދު އައްޔަން ކުރީ މިދިޔަ ސަރުކާރު އިންތިހާބުވުމަށް ފަހު 24 ނޮވެމްބަރު 2019ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް